ރިޕޯޓް
ކެންސަރުބަލީގެ ވޭން ހީނާ އަމިއްލަ ދުލުން، ކެތްތެރިކަމާއި ހިތްވަރަށް ސާބަސް!

ކެންސަރުބަލީގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާ އިރު، ރާއްޖޭގައި ކެންސަރަށް ފަރުވާހޯދަމުންދާ މީހުން މަދެއްނޫނެވެ. އަދި މިބަލީގައި ދުނިޔެ ދޫކޮށްފައިވާ މީހުންވެސް މަދެއްނޫނެވެ. މާތްﷲ ކެންސަރުބަލީގައި މި ދުނިޔެ ދޫކުރި އެންމެހާ ފަރާތްތަކަށް ހެޔޮ ރަހުމަތް ލައްވާށި. އާމީން

އާދަކާދައިގެ މަތިން ފޭސްބުކް ނިއުސްފީޑް ރޯލް ކުރަމުން ދަނިކޮށް ހަމަ ކުއްލިއަކަށް އަޅުގަނޑުގެ، ލޮލަށް އަޅައިގަތީ ކުރީގެ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޓީވީ ޕްރެޒެންޓަރ އަދި މިހާރު އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ހިއްސާކުރި ޕޯސްޓަށެވެ. ކެންސަރުބަލީގައި ފަރުވާ ހޯދަމުން، މިގައުމަށް ހިދުމަތް ކުރަމުން އަދި އެބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އިތުރު ހިތްވަރެއްލައިދިނީ ނުހަނު ހތްވަރާއިއެކުއެވެ.

ކުރެވުނު ތަފާތު އިހުސާސްތަކާއި ކުރެވުނު ތަޖުރިބާ ކިޔަދިނުމުން އަޅުގަނޑު ހިތަށް އެރީ އެފަދަ ބަލިކަމެއް އިތުރު ދެވަނަ މީހަކަށް ނުޖައްސަވާނޭނަމަ އެވެ.

އަޅުގަނޑަށް ކެންސަރު ޖެހުނުކަން އެނގުނީ މީގެ ގާތްގަނޑަކަށް 10 ވަރަކަށް މަސްކުރިންނެވެ. އެކަން އެނގުނު ވަގުތު އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ. ހަދާނެގޮތް ހުސްވެ، ކަންބޮޑުވެ، ދެރަވެ މާޔޫސްވިއެވެ. ނަމަވެސް ހެއްދެވި ފަރާތަށް ހުރިހާކަމެއް ވަކީލުކޮށް ފަރުވާއަށް އަވަސްވެގަތީއެވެ. އޭރު މިކަމަކީ ކިހާވަރެއްގެ ވޭންހުރި ކަމެއްކަން އަޅުގަނޑަށް ކުޑަކޮށްވެސް ނޭނގެއެވެ- ހީނާ

ކުރުގޮތަކަށް ހީނާ ކިޔައިދިނީ ބަލިޖެހުމުން މީހާއަށް އައި ބަދަލާއި، ބަލިން ފަސޭހަވުމަށް ކުރަމުންދާ މަސައްކަތްތަކެވެ. ހިތްވަރު ގަދައެވެ. ކެތްތެރިކަމާއި މިއަދު މަސައްކަތް ކުރަމުންދަނީ ބަލިން ފަސޭހަވޭތޯއެވެ. ބަލީގެ ފަރުވާ އަށް ދަނީ ކޮންމެ ފަހަރަކު މައިބަފައިގެންނާއި، ދަރިންނާއި ލޯބިވާމީހުން އަދި ފެންނާނެކަމަށް އުއްމީދުކޮށްގެންނެވެ.

ހީނާގެ ޢަޒުމަކަށްވީ ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުމަށެވެ. ބައެއް ދުވަސްދުވަހު ތެދުވާހާ ހިތްވަރު ނެތަސް އަނެއްދުވަހު މަސައްކަތަށް ނުކުންނަނީއެވެ. ބަލިވިޔަސް ގައިގަ ވަރުނެތަސް ޙަރަކާތްތެރިވުން އިތުރު ކުރީއެވެ. ބައްޔާމެދު ޕޮޒިޓިވްކޮށް ވިސްނަންފެށީއެވެ. ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކިކަހަލަ ނެގެޓިވް ޚިޔާލުތަކާއި ފިކުރުތަކުން ދުރަށްދިއުމަށް ހިތާ ސިކުނޑިއާ ދެކޮޅަށް މަސައްކަތްކުރީއެވެ. ހީނާ ތަހައްމަލް ކުރަމުންދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލައަށް ވަރަށް ބޮޑަށް މެނޭޖްކޮށް ބައްޔާއެކީ ނޯމަލް ލައިފްއެއް އުޅެވޭތޯ މަސައްކަތް ފަށައިގެން ކުރިއަށް ދިޔައީއެވެ.

މާތް ﷲގެ ހެޔޮ ރަޙްމަތުން މިއަދު މިބަލިން ރަނގަޅުވުމަށް ކުރެވޭ ފަރުވާއާއެކު ހީނާގެ މެސެޖަކީ މިއީއެވެ. ކެންސަރަކީ ނުރައްކާތެރި ބައްޔެކެވެ. ވޭންދެނިވި ކަމެކެވެ. ބިރުވެރި ކަމެކެވެ. މާދަމާވެސް ވާނެގޮތެއް ނޭނގޭ ކަމެކެވެ. އެހެނަސް އުއްމީދު ކަނޑާނުލާށެވެ. ކެތްތެރިވާށެއެވެ. އެންމެ ފަހުވަގުތާ ހަމައަށްވެސް މަސައްކަތް ކުރާށެވެ. ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަން ކުރާށެވެ. ތިމާ ނޫން އެހެން އެއްވެސް ފަރާތަކަށް މިއިހްސާސްތައް ދެނެގަންނަން އުނދަގޫވާނެކަން ވިސްނާށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހެއްދެވި ފަރާތަށް ގިނަގިނައިން ދުޢާކުރާށެވެ. ބަލިތަކަށް ޝިފާ ދެއްވަނީ ﷲއެވެ.

ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ އެންމެހާ ފަރާތްތަކަށް ހެޔޮ ރަޙްމަތްލައްވާ އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. ހީނާގެ އަސަރުގަދަ މެސެޖް ނިންމާލަމުން ބުނެފައިވެއެވެ. އަޅުގަނޑުމެން ވެސް އެދެނީ ހީނާއަށް ހަލިއަވަސް ޝިފާއެއް މާތްﷲ މެދުވެރިކުރެެއްވުމެވެ. އަދި މިބަލީގައި ފަރުވާ ހޯދަމުންދާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މެދުކުރެއްވުމަށް އެދި މާތްﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަމަވެ.

ނޯޓު: މިއީ ކެންސަރުބަލީގައި ފަރުވާ ހޯދަމުންދާ އެންސްޕާގެ ސީއީއޯ ހީނާ ފޭސްބުކް މެދުވެރިކޮށް ދީފައިވާ މެސެޖްއެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!