ޚަބަރު
ހިޔަލަ ވީކެންޑް މާކެޓް: ވަގުތާއި ވިޔަފާރިވެރިންގެ އަދަދު އިތުރުކޮށްފި

“ހިޔަލަ ވީކެންޑް މަރކެޓް”ގައި ކޮންމެ ހަފްތާއަކު ފުރުޞަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް، ހަފްތާއަކު ތިން ދުވަހު މި މަރކެޓް ބޭއްވުމަށް ބީސީސީން ނިންމައިފިއެވެ.

ހަފްތާ ސާދައިގެ މަގު ޗާޓުގައިވާގޮތަށް އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި މަރކެޓް، މިހާތަނަށް ބާއްވަމުން އައީ ކޮންމެ ހަފްތާ ބަންދެއްގައި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް ލިބެމުންދާ ތަރުހީބަށް ބަލައި ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން މިހާރު ނިންމާފައިވަނީ މި މަރކެޓްގައި ތަކެތި ވިއްކައި މަރކެޓް ކުރުމުގެ ފުރުޞަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް ކޮންމެ ހަފްތާއަކު ތިން ދުވަހު ބޭއްވުމަށެވެ. މި ނިންމުމާއެކު މި މަރކެޓް ދެން ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިން ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި ވީކެންޑް މަރކެޓް ކުރިއަށްދަނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. “ހިޔަލަ ވީކެންޑް މަރކެޓް”ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި މަރކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް 18އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނަށް މި މަރކެޓުގައި ތަކެތި ވިއްކައި މަރކެޓް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!