ޚަބަރު
އުމުރުން 15 އަހަރުގެ ޒިޔާން މުހައްމަދު ގެއްލިގެން ހޯދަނީ

އުމުރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުން އާންމުގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ގެއްލިގެން ހޯދަމުންދަނީ ދ ކުޑަހުވަދޫ ދާރުއްސަލާމް އާދަމް ޒިޔާން މުހައްމަދުއެވެ.

ފުލުހުން ކުރި އާންމު އިއުލާނެއްގައި ބުނެފައިވަނީ ދ. ކުޑަހުވަދޫ / ދާރުއްސަލާމް، އާދަމް ޒިޔާން މުޙައްމަދު 15 އަހަރު (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފްލެޓް ނަންބަރު 128-4-01) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފެބުރުވަރީ 2 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ
މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.

އާދަމް ޒިޔާން މުޙައްމަދު އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ 1 ވަނަ ދުވަހުގެ 23:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

އާދަމް ޒިޔާން މުޙައްމަދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!