ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ވަޢުދާއި އެއްގޮތަށް މަސްވެރިކަން އިޝްތިހާރުކޮށް، އާމްދަނީ އިތުރުކުރުމަށް ކުންފުންޏެއް އުފައްދައިފި

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުން ލިބޭ މަންފާ އިތުރުކުރުމަށް “މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް” ނަމުގައި ކުންފުންޏެއް އުފައްދަވައިފިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ވަނީ ދެއްވާފައިވާފައެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ގެންދަވަނީ މަސްވެރިންނަށް ދަތިވާ ކަންކަން ހައްލުކޮށްދެއްވައި، އެ ސިނާއަތުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.

މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުވުމުގެ ގޮތުން ދިވެހިރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މި ކުންފުނި އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.

ދިވެހި މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް، މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން އުފެއްދެވި “މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް” ކުންފުންޏަކީ، ރައީސުލްޖުމްހޫރިއްޔާއަށް ކުންފުނީގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

ސަރުކާރުން ވިދާޅުވީ މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުންކަމަށެވެ. އެގޮތުން އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް މި ކުންފުނިން ކުރިއަށް ގެންދަވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން އެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުމަކީވެސް ކުންފުނީގެ މަގްސަދެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!