ޚަބަރު
އެކަނިވެރި މައިންނަށްދޭ އިނާޔަތް ބޮޑުކުރުމަށް މަސައްކަތް ކުރާނަން: ރައީސް

އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދެމުންދާ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އެކަނިވެރިންނަށް ދޭ އިނާޔަތް ބޮޑުކުރުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއީ ސަރުކާރުން ވެފައިވާ ވައުދެއްކަަމަށާއި އެ ވައުދު ފުއްދަވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ބަޖެޓުގެ ތެރެއިން އެ މަސައްކަތްތައް ކުރުމަށް މުޅިން ހަމަޖެހިފައިނުވާކަމަށާއި އިގްތިސާދާއި މާލީ ހާލަތު މިވަގުތު އެކަމަށް ތަން ނުދޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް 2025 ވަނަ އަހަރަށް އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރާނެކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، މިހާރުވެސް ސަރުކާރުން އެ ވައުދު ފުއްދުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ޔަތީމުކުދިން ބެލެހެއްޓުމުގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ދޭނެ އެއްބާރުލުމާއިމެދުވެސް އެމަނިކުފާނާއި ސުވާލުކުރިއެވެ. ރައީސް ވިދާޅުވީ، ޔަތީމު ކުދިންގެ ކަންކަން ބެލެހެއްޓުމަށްވެސް ސަރުކާރުންދަނީ މަސައްކަތްތައް ކުރަމުންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާކުރެވިގެންދާނެކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޔަތީމުކުދިންނާއި މުޖުތަމައުގެ ތެރެއިން އެކަށީގެންވާ އަޅާލުން ނުލިބިދާ އެހެން ފަރާތްތަކަށްވެސް މީގެ ކުރިން ދެވިފައިނުވާ މިންގަނޑެއްގައި އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ފާހަގަކުރެއްވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!