ޚަބަރު
ހަފުތާ 14މަގުޗާޓުން 50 ވައުދުގެ ސަައްތައިންސައްތަ ފުއްދިއްޖެ: ރައީސް ޑރ މުއިއްޒު

ހަފްތާ 14 މަގުޗާޓުގެ، ޖުމްލަ 50 ވައުދުގެ ސައްތައިން ސައްތަ ފުއްދިފައިވާއިރު އަދި އިތުރު 111 ވައުދެއްގެ 78 އިން ސައްތަ ފުއްދިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކާ، ރައްޔިތުންގެ އިޙްސާސްތަކާ އުއްމީދުތަކާ ގުޅިފައިވާ ގިނަގުނަ ކަންކަން ޙާސިލްކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ފުރަތަމަ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް އެކުލަވާލި ކަމަށާއި، އެ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވަޢުދުތަކާއި 4 ހަފްތާ، 9 ހަފްތާ އަދި 14 ހަފްތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވައުދުތައް ވާނީ ކަނޑައަޅާފައި ކަމުގައެވެ.

މިގޮތުން، ހަފްތާ 14 މަގުޗާޓުގައި ޖުމްލަ 161 ވަޢުދު ހިމެނިފައިވޭ. މިއަދާ ހަމައަށް 11 ހަފްތާ ނިމިފައިވާއިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި 7 ވައުދާއި، 4 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި 9 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއިއެކު ޖުމްލަ 50 ވައުދު ވަނީ %100 ފުއްދިފައި. އަދި 14 ހަފްތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ %78 ފުއްދިފައި. އިރާދަ ކުރެއްވިއްޔާ މި 111 ވައުދުވެސް 14 ހަފްތާ ނިމުމުގެ ކުރިން %100 ފުއްދޭނެ.” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ހަމަމިއާއެކު ރައީސް ޑރ މުއިއްޒު ވިދާޅުވީ މި ވައުދުތައް ފުއްދުމަށް ކެނޑިނޭޅި ބުރަމަސައްކަތް ކުރައްވަމުންގެންދަވާ ކެބިނެޓުގެ އެއްމެހާ މެންބަރުންނަށާއި، ސަރުކާރުގެ އެކިއެކި ސިޔާސީ އަދި ސިވިލް ސަރވިސް މަގާމުތަކުގައި ތިއްބެވި މުވައްޒަފުންނަށާއި ދައުލަތުގެ މުއައްސަސާތަކަށާއި، ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރުދަންނަވާ ކަމުގައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!