ޚަބަރު
ސިޔާސީ މަގާމްތައް އިތުރު ނުކޮށް، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނަން: ރައީސް

ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުން މަޑުޖައްސާލުން ހިމެނޭގޮތަށް، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދައުލަތުގެ މާލިއްޔަތަށް ބުރަވެ، ދަރަނި އިތުރުވާން ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާބަލާއިރު ސަރުކާރުގެ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާކަމަށެވެ. މިގޮތުން، ޒަމާނުއްސުރެ ސަބްސިޑީގެ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކޮށް، ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ދެވޭ އެއްޗަކަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ފޯރުންތެރިކަން ހުރި ފަރާތްތަކާއި އެންމެ ނިކަމެތި ފަރާތްތަކާ އެއްހަމައަކުން ވަޒަންކޮށްގެން ސަބްސިޑީ ދެމުން ގެންދިއުމުގެ ނަތީޖާއަކަށް ވެފައިވަނީ، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވާން ސަރުކާރަށް އޮންނަ މާލީ ޖާގަ ހަނިވުން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަބްސިޑީއެކޭ އެއްގޮތަށް އާސަންދަ ނިޒާމަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ފޯރުންތެރިކަން ހުރި ފަރާތްތަކާއި އެންމެ ނިކަމެތި ފަރާތްތަކާ އެއްހަމައަކުން ވަޒަންކޮށްގެން އެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި މިނިޒާމަކީ ސިއްހީ ފަރުވާ ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިންގަމުންދާ ނިޒާމެއްކަމަށާއި ނަމަވެސް، އެންމެ ފޯރުންތެރިކަން ހުންނަ ފަރާތްތަކުންވެސް ސަރުކާރަށް ބަރޯސާވާ ގޮތަށް އާސަންދަ ހަމަޖެހިފައި އޮތުމަކީ، މާލިއްޔާއަށް ބުރަ ބޮޑުވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ނިޒާމު މިހާރު އެކުލަވާލެވިފައިވާ ގޮތުން، އިސްރާފުވެސް މިވަނީ އިންތިހާއަށް އިތުރުވެފަ. ވީމާ އާސަންދަ ނިޒާމަކީވެސް އޭގެ ޙައްޤުވެރި ފަރާތްތަކަށް އިސްކަންލިބޭ ނިޒާމަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން. މި ބަދަލާއެކު މާލިއްޔާއަށް ލިބޭ ޖާގައިން، ޞިއްޙީ ފަރުވާގެ ފެންވަރު އިތުރުކޮށް، މިހާރު މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން އަޅުގަނޑުމެންނަށް ފިސްކަލް ޖާގަ ލިބިގެންދާނެ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމަށް އަޅުއްވާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުން ހިމެނޭކަަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިސްކަލް ޑެފިސިޓް ކުޑަކޮށް، މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ. މިގޮތުން، އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޭސް ފުޅާކުރުމަކީ އެއް އަމާޒުކަމަށާއި ސަރުކާރުން ހުށަހަޅާފައިވާ އިޤުތިޞާދީ އެޖެންޑާގެ މައިގަނޑު އަމާޒަކީވެސް އެއީކަމަށެވެ.

ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަމިއްލަ އިޞްލާޙީ ސިޔާސަތެއް އެކަށައަޅައި ހިންގުންކަމަށެވެ. އަދި މިއީ ޤައުމުގެ އިޤްތިޞާދީ އަދި މާލީ މުސްތަޤްބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއްކަަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!