ޚަބަރު
މަސްވެރިންނަށް 329 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި, ފައިސާ ދިނުމުގައި ދިމާވާ ދަތިތައް ވަރަށް އަވަށް ހައްލުވާނެ: ރައީސް

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 329 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، މަސްވެރިކަން ފުޅާކުރުމަށް މި ސަރުކާރުގައި ޕްލޭނެއް އެބައޮތްކަމަށެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ފުޅާކޮށް އިޤްތިޞާދީ މުޅި ސަރަޙައްދުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމާއި، މަސްވެރިކަމުގެ އާ ބާވަތްތައް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މަސްވެރި އުފެއްދުންތައް އިތުރުކުރުމާއި، އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަކުރުމަށްވެސް މި ސަރުކާރުގެ ޕްލޭންތަކެއް އެބަހުރިކަމަށެވެ.

މަސްވެރިންގެ އަބަދުވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް މި ސަރުކާރުން އިސްކަންދެއްވާކަމަށެވެ. އެގޮތުން ސަރުކާރު ހަވާލުވިއިރު ނުދީހުރި ފައިސާގެ ތެރެއިން މިހާތަނަށް 329 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

“ސަރުކާރު ހިންގުމާ އަޅުގަނޑު ޙަވާލުވިއިރު، ސަރުކާރު ކުންފުނިތަކުން މަސްވެރީންނަށް ނުދީ ހުރި ފައިސާގެ ތެރެއިން އަޅުގަނޑުމެންގެ ސަރުކާރުން މިހާތަނަށް 329,953,144 (ތިން ސަތޭކަ ނަވާވީސް މިލިޔަން ނުވަސަތޭކަ ފަންސާސް ތިން ހާސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) ވަނީ މަސްވެރިންނަށް ދެވިފައި. އަދި ނުދެވި، ބާކީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތްދަނީ ކުރެވެމުން. ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް އަޅުގަނޑުމެން ކުރާނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިކަމަށްދޭ އިސްކަމުގެތެރެއިން ކެބިނެޓުގައި އެޖެންޑާކޮށް އެންމެ ފުރަތަމަ ނިންމި ނިންމުމަކީ މިފްކޯ އަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމުގެ ނިންމުންކަމަށެވެ. މަސްވެރީންގެ ދައުރު މިފްކޯ ހިންގުމުގައި ހިމަނާނެކަމަށް ސަރުކާރުން ވީ ވަޢުދާ އެއްގޮތަށް، މިފްކޯގެ ބޯޑު މެންބަރަކަށް މަސްވެރިއެއް ޢައްޔަނުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

މަސްވެރީންނަށް ސަރުކާރުން ހޯދައިދޭ އިނާޔަތްތަކާ އިޤްތިޞާދީ އަދި އިޖްތިމާޢީ ފުރުޞަތުތައް އިތުރުކުރުމަށް، މަސްވެރީންގެ ދަފްތަރެއް މިއަހަރު އެކުލަވާލާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެންވެރިކަމަށް ޑައިވްކުރުމުގައި ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއްފަޅުވެރިޔަކު، ރެސްކިއު ޑައިވަރ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިހާރު ފަށާފައިވާކަމަށާއި، ފުރަތަމަ ފިޔަވަހީގައި 50 މަސްވެރިން ތަމްރީނުކުރެވިގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެކުއަކަލްޗަރ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ޤާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް މިމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!