ޚަބަރު
ހިމްނާ އަނެއްކާވެސް ގައުމީ ރެކޯޑް މުގުރާލައިފި

ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ގައުމީ ރެކޯޑް އަނެއްކާވެސް މުގުރާލައިފިއެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ، 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހިމްނާ މުގުރާލާފައިވަނީ 400 މީޓަރ ރޭހުގައި ވާދަކޮށެވެ.

މީގެ ކުރިން ހިމްނާ ވަނީ ހޮންކޮންގްގައި ބޭއްވި އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ބައިވެރިވެ 400 މީޓަރ ގެ ރޭސް 59.18 ސިކުންތުން ނިންމައިގެން ރިކޯޑް މިގުރާލާފައެވެ. އަދި މިފަހަރު ހިމްނާ އެ ރިކޯޑް އާކޮށްފައިވަނީ 58.90 ސިކުންތުން ރޭސް ކާމިޔާބު ކޮށްގެންނެވެ.

ހިމްނާ އަކީ އައްޑޫ ސިޓީ އަށް ނިސްބަތްވާ ހުނަރުވެރި ޒުވާނެކެވެ. އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތްތަކުން ފެށިގެން މިއަދު ގައުމީ މުބާރާތް ތަކުގައިވެސް ހިމްނާ ދަނީ ބޮޑެތި ކާމިޔާބީ ހޯދަމުންނެވެ. ހިމްނާ އަކީ 400 މީޓަރ ރޭހުގެ ދުވުމަށް ޚާއްސަ އެތުލީޓެކެވެ. އެ ކެޓެގެރީން ގައުމީ ތިން ރެކޯޑެއް އޭނާ ވަނީ ހަދައިފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!