ޚަބަރު
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު 2024 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅުއްވައި ރަޖިސްޓަރީކުރެއްވުން އެދޭ ކަމަށްވެސް އީސީން ބުނެއެވެ.

ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކަށް، ރާއްޖޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، އެކަމަށް ބޭނުންވާ ތަމްރީން އެ ފަދަ ފަރާތްތަކަށް ދިނުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޒާމް ކުރަމުން ކަމަށް އެކޮމިޝަނުން ބުނެއެވެ.
މި ތަމްރީނު އަތޮޅުތަކުގައި ދިނުމަށް ހަމަޖައްސާފައިވަނީ 26 ފެބުރުއަރީ އާއި، 6 މާރޗް އާ ދޭތެރޭގައި ކަމަށް ވެސް އީސީން ވަނީ ބުނެފައެެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!