ޚަބަރު
ދީނީ ތައުލީމު އިތުރު ކުރުމުގެ ކޯސްތައް ހިންގުމަށް ޒިކުރާ ކޮޖާއިއެކު ދާންދޫ ކައުންސިލުން ފަހުމުނާއެއްގައި ސޮއި ކޮށްފި

ދީނީ ތައުލީމު އިތުރު ކުރުމުގެ މަގުސަދުގައި ކޯސްތައް ހިންގުމަށް ޒިކުރާ ކޮޖާއިއެކު ދާންދޫ ކައުންސިލުން ފަހުމުނާއެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ، އަދި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ފަރާތުން ޑެޕިއުޓީ ވައިސް ރެކްޓާރ މުހައްމަދު ސިނާން އެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ، އަދި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ފަރާތުން ޑެޕިއުޓީ ވައިސް ރެކްޓާރ މުހައްމަދު ސިނާން

މި އެއްބަސްވުމުގެ ބޭނުމަކީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް އާއި ދާންދޫ ކައުންސިލް ގުޅިގެން ދާންދޫގައި ދީނީގޮތުން ހޭލުންތެރިކަން އިތުރުކޮށް ޒިންމާދާރު ތަޢުލީމީ މުޖްތަމައެއް ބިނާކުރުމަށް މަސައްކަތް ކުރުމުގެ މަޤްޞަދު ޙާޞިލުކުރުން ކަމަށްވެސް ބުނެފައި ވެއެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާ ކޯސްތަކަކީ ކަށުކަމާއި ކެމީގެ ކޯހާއި، އިމާމު ކޯހާއި، ޚުޠުބާކިޔުމަށް މީހުން ތަމްރީނުކުރުމުގެ ކޯހާއި، މީގެ އިތުރުންވެސް ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް ހަމަޖެހޭ އެހެނިހެން ކޯސްތަކެވެ.
މި ކޯސްތައް ހިންގާ ރަށްތަކަކީ ގއ.ނިލަންދޫ، ގއ.ކޮނޑޭ، އަދި ގއ.ދެއްވަދޫ ހިމެނޭހެން ދާންދޫގައެވެ. މި ތަންތަނުގައި މަރުކަޒެއް ޤާއިމްކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަމާއި، ދާންދޫ ކައުންސިލުން ފޯރު ކޮށްދޭނެ ކަމަށާއި، މުޖުތަމަޢުގެ ކުރިއެރުވުމާއި ދީނީގޮތުން ހޭލުންތެރި އަދި ޒިންމާދާރު ތަޢުލީމީ މުޖްތަމައެއް ބިނާކުރުމަށް އެކަށީގެންވާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތައް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެއްބަސްވުމާއިއެކު ފާހަގަ ކޮށްފައި ވެއެވެ.
އަތޮޅުގެ އެހެންރަށްރަށުގައި މީ ކޯސްތައް ކުރިއަށް ގެންދިޔަ ކަމުގައިވީނަމަވެސް ދާންދޫ ކައުންސިލުން ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އެހީތެރިކަން ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ފޯރު ކޮށްދެވޭނެ ކަމަށް ވެސް ޒިކުރާ ކޮލެޖުން ބުނެވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!