ޚަބަރު
ކުރިއަށްމިއޮތީ އިގްތިސާދީގޮތުން ވަރަށްއުނދަގޫ ހައްސާސް ދެތިންމަސް ދުވަސް: ރައީސް ޑރ މުއިއްޒު

ކުރިއަށް އޮތް ދެ ތިން މަސް ވެގެންދާނީ އިގްތިސޯދީ ގޮތުން ވަރަށް އުނދަގޫ އަދި ހައްސާސް ދުވަސްވަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގައި ގުރައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަވާލުކުރީ ދަރަނިވެރިކޮށްލާފައި އޮތް އިގްތިސާދެއް ކަމަށާއި މި ސަރުކާރަށް ވާރުތަވީ އިގްތިސޯދުގެ ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ރަށް ރަށުގައި މަޝްރޫއުތައް ފަށަން ބޭނުންވި ނަމަވެސް، ރާއްޖޭގެ އިގްތިސާދު ދުވަހަކު ވެސް ނުވެއްޓޭ ވަރުގެ އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުން އަރައިގަނެ، ގައުމު ކުރިއަށް ގެންގޮސް އިގްތިސާދީ ގޮތުން ރައްޔިތުންގެ ޖީބަށް ފައިދާވާ ގޮތަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރެވޭނެ މަގު ހޯދަން މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވާރުތަވީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ލޯކަލް ގަވަނަންސް މިނިސްޓްރީ އާއި ކައުންސިލާއި ދާއިރާގެ މެމްބަރުން ގުޅިގެން ރައްޔިތުންނާ މަޝްވަރާ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ މި ހިނގަމުންދާ ދުވަސްވަރަކީ އާމްދަނީ އިތުރުކޮށް، އިގްތިސާދު ވަރުގަދަކުރަން ޖެހިފައި އޮތް ހައްސާސް ވަގުތެއް ކަމަށެވެ. އަދި މަސައްކަތްކޮށްފި ނަމަ، ދެވަނަ ކުއާޓަރުން ފެށިގެން މާ ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދެތިން ކުންފުންޏެއް ކިރިޔާ ވެސް ސަލާމަތުން އޮތީ. އެހެންވީމަ އެ ކުންފުނިތައް ވެސް ހަމަ މަގަށް އަޅުވައިގެން، އެއީ ރައްޔިތުންގެ ކުންފުނިތައް. ސަރުކާރު 100 ޕަސެންޓް ހިއްސާވާ ގޮތަށް މި ހުންނަނީ ރައްޔިތުންގެ ކުންފުނިތައް. މި ތަންތަން ހަމައަކަށް އެބަ އަޅުވަން އެބަޖެހޭ.” ރައީސް ވިދާޅުވިއެވެ.

އިންތިހާބެއް ކުރިއަށް އޮތުމާއެކު، މިއީ ހަގީގަތް ނޫން ކަމަށް ބަލާ ކުރީގައި އާންމުކޮށް ފެންނަ ބީދައިން ކަޑަ ޖަހައިފިނަމަ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށާއި އޭގެ ބަދަލުގައި ހަގީގީ މާނައިގައި ތަރައްގީ ގެނެސްދޭން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!