ޚަބަރު
ފާއިތުވި އަހަރު 66528 ފަރާތަކުން ދިވެހި ޕާސްޕޯޓަށް އެދިފައިވޭ: އިމިގްރޭޝަން

ފާއިތުވި 2023 ވަނަ އަހަރު 66528 ފަރާތަކުން ދިވެހި ޕާސްޕޯޓަށް އެދިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި އަދަދަކީ ފާއިތުވި އަހަރު ޕާސްޕޯޓް ހެއްދުމައްޓަކާއި ހުށައެޅިފައވާ އަދަދު ކަމަށެވެ. މިއީ އެކިއެކި ބޭނުންތަކަށް ހުށައެޅުނު އަދަދު ކަމަށްވެސް ބުނެއެވެ. މިގޮތުން މުއްދަތު ހަމަވެގެން 51487 ފަރާތެއް ހުށަހަޅާފައިވާއިރު، ގެއްލިގެން 977 ފަރާތެއް ހުށަހަޅާފައިވާ ކަމަށްވެސް ބުނެއެވެ.
މީގެ އިތުރުން މައުލޫމާތު ބަދަލުވެގެން 175 ފަރާތެއް ހުށަހަޅާފައިވާއިރު، ޕާސްޕޯޓް ހަލާކުވެގެން 63 ފަރާތެއް ހުށަހަޅާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ސަފްހާ ފުރިގެން 31 މީހަކު ފޯމް ހުށަހެޅިކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން މުޅިން އަލަށް ޕާސްޕޯޓް ހެއްދުމައްޓަކާއި ހުށައަޅާފައިވަނީ 13798 މީހަކު ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!