ޚަބަރު
ރައީސް ސޯލިހާއި ދެކޮޅަށް ދައުވާ ކުރާނަން!

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް، ޓިކެޓު ކަށަވަރުކުރި އެޕާޓީގެ އާންމު މެމްބަރުންގެ ވޯޓުން ކަމަށާއި އެމްޑީޕީން ވަކިކުރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށާއި މިކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ނިންމުން ނިންމި ގައުމީ މަޖިލީހުގެ މެންބަރުންނަށް ދައުވާ ކުރާނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކާށީދޫ ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ ޖާބިރު އެމްޑީޕީން ވަކި ކުރުމަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ނުދޭން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިގޮތަށް ނިންމީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ ކަމަށް ބުނެ އެވެ.

ޖާބިރު ވަކި ކުރަން އެމްޑީޕީން ނިންމީ ކޮން ގަވާއިދެއްގެ ދަށުންކަން އެ ޕާޓީއަކުން ނުބުނެ އެވެ.

ކަށިދޫ ދާއިރާއަށް ވާދަކުރަން ޓިކެޓު ދިނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެމްޑީޕީން ވަކިކުރި ނަމަވެސް އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓު ޖާބިރު ކާމިޔާބު ކުރެއްވިއިރު، އޭނާގެ ދަރިފުޅު މުއާޒު އަބްދުﷲ ޖާބިރު ވަނީ މަހިބަދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓު ހޯދައިފަ އެވެ.

މި ހިނގަމުންދާ މަޖިލިސް 19 ގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވެސް ޖާބިރު ވާދަކުރެއްވި އެވެ. ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވި ނަމަވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެކަމާ ގުޅިގެން ޖާބިރު 2019 ގައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!