ޚަބަރު
ގދ. ތިނަދޫގައި “މޫދު ކަސްރަތު” ޕްރޮގްރާމެއް ފަށައިފި

ގދ. ތިނަދޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ އާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ގުޅިގެން ގދ. ތިނަދޫގައި “މޫދު ކަސްރަތު” ޕްރޮގްރާމެއް ފަށައިފިއެވެ.

ހަފުތާގެ ހުކުރު ދުވަސް ފިޔަވައި ބާކީ ހަ ދުވަހު ކުރިއަށް ގެންދާ މި ޕްރޮގްރާމް އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނާއި ހަވީރު، ދެ ސެޝަނެއްގެ ގޮތަށެވެ. މޫދުކަސްރަތުގެ މި ހަރަކާތް ކުރިއަށް ގެންގޮސްދެއްވާނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިސުންނެވެ. މި  ހަރަކާތް ކުރިއަށް ގެންދާނި ތިނަދޫ ގޮނޑުދޮށް ސަރަހައްދުގައެވެ.

މިހާރު ފަށައިގެން ކުރިއަށްދާ މި ކަސްރަތު ހަރަކާތް މިމަހުގެ 23 ގެ ނިޔަލަށް ކުރިއަށްގެންދާނެކަމަށް އެމްއެންޑީއެފް ސަދަންއޭރިއާ ކޮމާންޑުން މައުލޫމާތު ހާމަކޮށްފައިވެއެވެ. މިހަރަކާތުގައި އެ ރަށުގެ 40 ކަނބަލުން ބައިވެރިވެފައިވެއެވެ.

އެމްއެންޑީއެފުން ރަށްރަށުގެ ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ މި ފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ސިފައިން ހިންގާ މަދަނީ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!