ޚަބަރު
ހުރިހާ ރަށު ކައުންސިލް ތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލު ކުރައްވަނީ

ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ، ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލު ކިނބިދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ކަމަށާއި، މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް މަސައްކަތްކުރެއްވީ ރައްޔިތުންނާ ގާތުންކަމަށެވެ. އެހެންކަމުން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންގެ ވާހަކަތައް އަޑުއަހައިގެން ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު ހުންނަތަނަށް ކައުންސިލް ގެނެސްގެން ކައުންސިލާ ބައްދަލުކުރާކަށް ނޫން ބޭނުމީއެއް. ކައުންސިލް އޮތްތަނަށް އަޅުގަނޑު ދާން ބޭނުންވަނީ. އެހެންވީމަ މިއަތޮޅު މިނިމެނީ. ދެން އިރާދަކުރެއްވީ މިއަންނަ ހަފްތާގައި އޮތް ރާއްޖެއިން ބޭރު ދަތުރު ނިންމާފައި އަންނަގޮތަށް މަސްދުވަސް މި ކަނޑައަޅަނީ، އެއްމަސްތެރޭ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން އަޅުގަނޑު ރަށްތަކަށް ދާނަން”. ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުރިހާ ރަށަކަށް ނުދެވުނުނަމަވެސް، އަތޮޅުތެރެއަށް ވަޑައިގެން ހުރިހާ ކައުންސިލަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކާ ބައްދަލުކޮށް ރައްޔިތުން ބޭނުންވާ ކަންކަން ފަސޭހައިން ފަހިވާގޮތަށް ބައްޓަންކޮށްދެއްވާނެކަމަށެވެ. މިއާއެކު މަހެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހުރިހާ މަންދޫބުންނާ ބައްދަލުކުރެއްވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު ދޭނެ ޔަޤީންކަމަކީ އިރާދަކުރެއްވީ އިޚްލާސްތެރިކަމާއެކީގަ ބުނާ ބަހުގެ އިތުބާރު ދަމަހައްޓަމުން، ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ”. ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް ވަނީ ތ.އަތޮޅަށް ވަޑައިގެންފައެވެ. އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގެން އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވަނީ ބައްދަލުކުރައްވާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!