ޚަބަރު
ވެފައިވާ އެއްވެސް ވައުދަކަށް ފަރުވާ ކުޑަނުކުރާނަން: ރައީސް

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ފަރުވާކުޑަ ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ތ.އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އޮމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެރަށު ކައުންސިލުގެ ފަރާތުން ވަނީ ރަށުގެ ތަރައްޤީއަށް ހުރި ކަންކަން ހުށައަޅުއްވާފައެވެ. އެގޮތުން ސިއްޙީ ޚިދުމަތުގެ ދަތިކަމާއި، ލެބޯޓްރީއެއް ނެތުމުން ދިމާވާ މައްސަލަތަކާއި ސްކޫލްގެ ޖާގައިގެ ދަތިކަންފަދަ ކަންކަންވަނީ ރައީސަށް ހުށައަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ،
އޮމަދޫ ކައުންސިލުން ފާހަގަކުރި ކަންކަމަކީ ރާއްޖޭގެ އެހެން ރަށްރަށުގެވެސް ހާލަތުކަމަށެވެ. ރައީސް ވިދާޅުވީ އޮމަދޫގެ ތަރައްޤީއާއި ރައްޔިތުންގެ ކުރިއެރުމަށް ކުރަން ބޭނުންވާ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށާއި، އެ މަސައްކަތްތައް ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތުން އެއްފަހަރާ ހުރިހާ މަޝްރޫޢުއެއް ނުފެށޭނެކަމަށާއި، ނަމަވެސް ތަރުތީބުކޮށްލައިގެން ކުރުމަށް އިސްކަންދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ކައުުންސިލުން އެންމެ އިސްކަންދޭން ބޭނުންވާ ކަންކަމަށް ސަރުކާރުންވެސް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުވެވަޑައިގަންނަވާ ވަޢުދުތަކަށް ފަރުވާކުޑަނުކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަކީ ހުރިހާ ސްކޫލަކަށްވެސް ދިމާވެފައިވާ މައްސަލަތައްކަމަށާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި ޓީޗަރުންގެ ދަތިކަމާއި ވަސީލަތުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަކީ އެންމެ އިސްކަންދޭ ކަމަކަށް ހައްދަވާނެކަމަށެވެ.

“ފެނާ ނަރުދަމާ ވަރަށް މުހިންމު، އެކަމަށް ސަމާލުކަން ދެމުންވެސް އިސްކަންދޭންޖެހެނީ އާމްދަނީ ހޯދުމަށް ފުރުޞަތު ދިނުމަށް. މި ރަށުގެ އިޙްތިޞާސްގެ ތެރޭގައި 2 ފަޅުރަށް އެބައޮތް، އެއީ ވަރަށް ރަނގަޅު ފުރުޞަތެއް. އަޅުގަނޑުދޭނެ ޔަޤީންކަމަކީ އެ ދެފަޅުރަށް ކައުންސިލާއި ރައްޔިތުންނަށް އިޤްތިޞާދީ ބޭނުންތަކަށް ބޭނުންކުރެވޭނެ ގޮތް ހަދަން ފުރިހަމަ އެއްބާރުލުން ދޭނަން”. ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކަށް ސަރުކާރުންދޭ ސަމާލުކަން ކުޑަވީނަމަވެސް މިހާރު ތަފާތުވާނެކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކައުންސިލްތަކަށް އެހީތެރިވެވޭވެނެ ޚާއްޞަ ވުޒާރާއެއް އުފައްދަވާފައިވާކަމަށާއި، ސަރުކާރުން މިހާރުވަނީ ކައުންސިލްތަކަށް ކުރިއަށްދާނެ މަގު ކޮށާދީފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އިޤްތިޞާދީ ކަންކަމަށް އިސްކަން ދިނުމާއެކު އެހެނިހެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެއްވުމަށް ކައުންސިލަށް އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އާބާދީ ބޮޑަސް އަދި ކުޑަޔަސް ރާއްޖޭގެ އެއްވެސް ރަށެއް ތަފާތުނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!