ވިޔަފާރި
އަލްޝާލީން “މެޖެލަން 32” މަސް ލޯންޗު ތައާރަފުކޮށްފި

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދުން ފެށި ކުރިޔަށް ދާ މޯލްޑިވްސް މެރިން އެކްސްޕޯ ގައި, މަޝްހޫރު ކުންފުނި އަލްޝާލީ މެރިން މޯލްޑިވްސް އިން އެ ކުންފުނީގެ އާ އުފެއްދުން، “މެޖެލަން 32” ލޯންޗް ތައާރަފުކޮށް ދައްކާ ލައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މެރިން އެކްސްޕޯ ގައި މި މޮޑެލް ގެ ލޯންޗް ފެންނަ ގޮތަށް ބަހައްޓާފައި ހުރިއިރު އެ އާއި ގުޅޭ މައުލޫމާތު ވެސް ލިބޭނެ ކަމަށް، އަލްޝާލީ މެރިންގެ އޮޕަރޭޝަންސް އިން ބުނެ އެވެ.

މީގެ ކުރިން ފައިބަރ ގްލާސްގެ ބޯޓުތަކާއި، އަށް ފޫޓުން ފެށިގެން 17 ފޫޓުގެ ޑިންގީ އާއި 21، 24، 34، 36 އަދި 37 ފޫޓުގެ އިތުރުން 50 ފޫޓުގެ ސްޕީޑް ބޯޓު ތައް ވެސް ދިވެހި ބާޒާރަށް ނެރެފައިވާ އަލްޝާލީން މި ފަހަރު ނެރުނު އާ މަރުކާގެ ލޯންޗު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނގަޅު ޕޭމަންޓް ޕްލޭންތަކެއް ދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އެކްސްޕޯގެ ތެރެއިން ގަންނަން ބޭނުންވާ ފަރާތްތަކަށް 2 އިންޖީނާއި އެހެން ހުރިހާ ސާމަނަކާއެކު 1.5 މިލިއަނަށް ވިއްކާ ގޮތަށް ހަމަ ޖައްސާފައި ވާއިރު ހަމައެކަނި ހަލް ބޭނުންވާނަމަ ފަސް ލައްކަ ރުފިޔާ، އަށް ލިބޭ ގޮތަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަޤުބޫލު ކަން ހޯދާފައިވާ އަލްޝާލީ މެރިންއަކީ ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!