ޚަބަރު
ބުޅާ ފެސިލިޓީ އަޅަން ބިން ހަވާލު ކޮށްފި

މާލޭ މަގުމަތީގައި ގިނަ ވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރަން ނިންމާފައިވާ “ބުޅާ ފެސިލިޓީ” އަޅަން މާލެ ސިޓީ ކައުންސިލަށް ބިން ހަވާލު ކޮށްފިއެވެ.

ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކޮށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ސިޓީ ކައުންސިލާ އެކު އެއްބަސްވުން ގާއިމު ކޮށްފައެވެ.

އެ ބިން މާލޭ ސިޓީ ކައުންސިލާ ފިޝަރީޒް މިނިސްޓްރީން ހަވާލުކުރީ ފެބަރުއެރީ 9 ވަނަ ދުވަހުގައެވެ.

ސިޓީސް ލޯކަލް ގަވަރުމެންޓް އެންޑް ޕަބްލިކްސް ވޯކްސް މިނިސްޓްރީގެ ފަރާތުން ވަނީ މާލޭގެ މަގުތަކުގައި ބުލާ ގިނަވަމުންދާތީ އެކަން ހައްލު ކުރުމަށް ޕެޓް ކެއާ ފެސިލިޓީއެއް ގާއިމް ކުރުމަށް ކެބިނެޓަށްވެސް ހުށައަޅާފައެވެ.

ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް އަޅަން ކުރީއްސުރެ ބިން އޮތީ ލިބިފަ އެވެ. މިދިޔަ ސަރުކާރުގައި މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާނެ ކަމަށް ހާމަކުރި ނަމަވެސް، ފަރުކޮޅުފުށި ބަލަހައްޓަމުންދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެތަން އަޅަން އަމިއްލަ ފަރާތްތަކަށް ވެސް ހުޅުވާލިއެވެ.

ބުޅާ ފެސިލިޓީ ހަދަން 500 އަކަފޫޓުގެ ބިމެއްދިންއިރު އެ ތަން ވީހާވަސް އަވަހަށް ހަދަން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ މަގުމަތީގައި ބުޅާ ގިނަވުމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ވެސް ވަރަށް ބޮޑަށް ވަނީ ދަތިވެފަ އެވެ. ބުޅަލުގެ ސަބަބުން ތަފާތު ބަލިތައް ފެތުރުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. މާލޭގައި ބުޅާ ފެސިލިޓީ ހަދަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އެވެ. އަދި އޭރު އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ކަނޑައެޅިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!