ޚަބަރު
ވަކިވަކިފަރުދުންގެ ހުނަރުވެރިކަމުން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ ޕްލެޓްފޯމެއް ގާއިމުކޮށްދޭނަން: ރައީސް

ވަކިވަކިފަރުދުންގެ ހުނަރުވެރިކަމުން އުފައްދާ ތަކެތި އޮންލައިންކޮށް، ފަސޭހައިން ވިއްކޭނެހެން ޕްލެޓްފޯމެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ރައީސް އޮފީހުން ގެނެސްދެމުންދާ “ރައީސްގެ ޖަވާބު”ގެ މިއަދުގެ ސެގްމެންޓުގައި ޒުވާން ކުއްޖަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ތ. ކިނބިދޫ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ، އައިޝަތު ރައުނާ މުހައްމަދު ރައީސްއާއި ސުވާލު ކުރެއްވީ، މަތީ ތައުލީމު ހާސިލްކުރުމަށްފަހު ވަޒީފާ އަދާކުރުމަށް މާލެ ބަދަލުވާންޖެހޭތީ، ރަށުގައި ތިބެގެނެ ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ތަންފީޒު ކުރައްވާނެ ސިޔާސަތަކީ ކޮބައިތޯ ކަމުގައެވެ.

ރައުނާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އުފެއްދުންތެރި ވިސްނުން ހުންނަ ކުދިންނަށް އޮންލައިން ގޭޓްވޭތައް ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

“ޒުވާން ކުދިންނަށް ކަމަށްވާނަމަ ބޭނުންވާނެ ކުރިއޭޓިވް އެކިކަހަލަ ފުރުސަތުތައް ހޯދަން ދޭން. އެއްކަމަކީ ކޮންމެތާކު ހުރެގެންވެސް.. ކުރިއޭޓިވް އިކޮނޮމީއެއް ގާއިމްކުރަން މަސައްކަތް ކުރަނީ. އޭރު އެކުއްޖެއްގެ ޓެލެންޓް ބޭރުގެ މާކެޓްތަކަށްވެސް، އޮންލައިން ވިޔަފާރީގެ ތެރެއިން، ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން އެކި ކަހަލަ ޓެލެންޓް ހުންނަ ކުދިން މި ތިބެނީ. އެހެންވީމަ އެހުންނަ ތަން މެޓަރއެއް ނުވާނެ އޭރަކުން. އެހެންވީމަ އެކަހަލަ ފުރުސަތުތައް ހޯދަދޭންވެސް މަސައްކަތް އެބަކުރަން,” ރައީސް މުއިއޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ތިބެގެން ވަޒީފާގެ ފުރުސަތު ފަހިކުރެވޭނީ އިންޑަސްޓްރީތައް އަތޮޅުތަކަށް ގެނެވިގެން ކަމަށާޢި، އެންމެ ބޮޑު އެއް އަމާޒަކީ ތ. އަތޮޅަށްވެސް ޓުއަރިޒަމް ފުޅާކޮށްގެން ވަޒީފާގެ އެކި ކަހަލަ ފުރުސަތުތައް ފުޅާކުރުން ކަމުގައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!