ޚަބަރު
އިންޑިޔާ ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި: އަނިޔާވި 3 ދިވެހިންގެ ހާލުވެސް ވަރަށް ސީރިއަސް

އަވަށްޓެރި އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު ތިން ދިވެހިން ދަތުރުކުރަމުން ދިޔަ ކާރެއްގައި އެހެން ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އޭގެން ދަތުރުކުރި ތިން ދިވެހިންނަށްވެސް ހަސްފަތާލުގައި ފަރުވާދޭން ޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ އެއް އާއިލާއެއްގެ 3 އަންހެނުންނަށެވެ. އެއީ އުމުރުން 25 އަހަރުގެ ދަރިފުޅާއި އޭނާގެ 50 އަހަރުގެ މަންމަ އާއި 54 އަހަރުގެ ބޮޑުދައިތައަށެވެ.

އޭގެ ތެރެއިން 50 އަހަރުގެ މީހާގެ ފައި ބިންދައިގެން ގޮސްފައިވާއިރު، 25 އަހަރުގެ އަންހެން މީހާގެ މޫނުގެ ސާޖަރީއެއް ހަދަން ޑޮކްޓަރުން ލަފާދީފައިވެއެވެ. އަދި 54 އަހަރުގެ އަންހެން މީހާ އަދިވެސް ހޭނާރަކަމަށް މަޢުލޫމާތުލިބެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އެކްސިޑެންޓުވި 3 މީހުން ކޮޗިން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފަހު، އަނބުރާ ޓްރިވެންޑްރަމަށް ދިޔަ މަގުމަތީގައި ކިމްސް ހޮސްޕިޓަލާއި 40 ވަރަކަށް ކިލޯމީޓަރު ދުރުން ހައިވޭއެއްގައެވެ.

އަނިޔާ ލިބުނު މީހުންގެ ތެރެއިން 2 މީހުންގެ އޮޕްރޭޝަންގެ ކަންތައް މިހާރު ކުރިއަށް ދާއިރު އެކްސިޑެންޓުވި 3 މީހުންވެސް އަދި އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް މައުލުމާތު ލިބެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!