ޚަބަރު
އަތޮޅުކައުންސިލެއްގެ ރައީސްގެ މަގާމަށް އަންހެންކަނބަލެއް،, ހައްވަ ވާދަ ކުރެއްވީ ޕީޕީއެމް/ޕީއެންސީ އިން

ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލު ކުރަން ފެށި  ފަހުން އަތޮޅު ކައުންސިލްގެ އިންތިޚާބެއްގެ ކާމިޔާބުކޮށް, ރާއްޖޭގެ ފުރަތަމަ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ހައްވާ އަބްދުލް އަޒީޒް ހޮވިއްޖެއެވެ.

އޭނާ މިމަޤާމަށް ހޮވިފައިވަނީ މިއަދު ބޭއްވި ފ އަތޮޅު ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. އޭނާ ވާދަކޮށްފައިވަނީ ސަރުކާރުގެ ފަރާތުން, ޕީއެންސީ ޓިކެޓްގައެވެ.

ހައްވާ އަބްދުލް އަޒީޒް އާ ދެކޮޅަށް މިއަދު އިންތިޚާބުގައި ވާދަކޮށްފައިވަނީ އެމްޑީޕީ ކެނޑިޑޭޓެކެވެ. މިއަދުގެ ބައި އިލެކްޝަންގައި ހައްވައާށް 941 ވޯޓް ލިބިފައިވާއިރު, އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 887 ވޯޓެވެ. ފ. އަތޮޅުގެ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ޙައްޤު 5574 މީހަކަށް ލިބެއެވެ.

ފ އަތޮޅު ކައުންސިލްގެ އިތުރުން މިއަދު ވަނީ ވ ފެލިދޫ ކައުންސިލްގެ ރައީސާއި, ރަސްގަތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓްލުން ކުރިޔަށް ގޮސްފައެވެ.

ފެލިދޫގެ ރައީސްކަމަށް ހޮވިފައިވަނީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް ވިޝާމެވެ. އެއީ އަމިއްލަ ކެނޑިޑޭޓަކާ ވާދަކޮށެވެ. ރަސްގެތީމު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ނެގީ ކޮންގްރެސް ޕާޓީއާ ވާދަކޮށް އެމްޑީޕީންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!