ޚަބަރު
މިފްކޯއިން މަސްގަންނަ އަގު ދަށްކޮށްފި، މާދަމާއިން ފެށިގެން 20 ރުފިޔާ!

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސް ގަންނަ އަގު ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން 20 ރުފިޔާ އަށް ދަށްކުރަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ރިއާޔަތްކޮށް، މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކުރުމަށް އިކޮނޮމިކް ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ސިޔާމް ވިދާޅުވީ، މާދަމާއިން ފެށިގެން މަސް ގަންނާނީ ކިލޯއަކަށް 20 ރުފިޔާގެ މަގުން ކަމަށެވެ.

މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގެ ތެރޭގައެވެ.

މަސް ގަންނަ އަގު ބޮޑުކުރުމުން، މަސް ބަންދުކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މާކެޓު އަގަށްވުރެ ބޮޑު އަގުގައި މަސް ގަންނަން ޖެހޭތީ އެންސިސް ފިޝަރީޒް އިން ވަނީ މަސް ގަތުން ހުއްޓާލާފައި، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ ބަންދު ވެސް ކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!