ޚަބަރު
ވަރލްޑް ގަވަރމަންޓްސް ސަމިޓަށް ރައީސް ދުބާއީއަށް ވަޑައިގެންފި

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގެ ދުބާއީއަށް ވަޑައިގެންފިއެވެ. ރޭ އެމަނިކުފާނު ދުބާއީއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ޔޫއޭއީ ސަރުކާރުގެ އިސްވެރިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީ.ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިމަހުގެ 12 އިން 14 އަށް ބާއްވާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގެ ޝިޢާރަކީ “ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް” އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ސަމިޓަށް ވަޑައިގަންނަވާ ބައެއް ޢިއްޒަތްތެރިންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި 120 ޤައުމެއްގެ ވަފުދު ބައިވެރިވެވަޑައިގަންނަވައެވެ. އަދި ބައިނަލްއަޤުވާމީ އަދި ސަރަހައްދީ 85 ޖަމްއިއްޔާއަކުން ބައިވެރިވެއެވެ. އަދި ބައިނަލްއަޤުވާމީ އަދި ސަރަހައްދީ 27 ޖަމުޢިއްޔާއެއްގެ އެންމެ އިސްވެރިން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ މި ސަމިޓުގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިއީ މި ސަމިޓު ބާއްވާ 11 ވަނަ އަހަރެވެ. މީގެ ކުރިން މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!