ޚަބަރު
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢު ފައްޓަވައި ދެއްވީ އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް އާއި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުއެވެ.

މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާ އާއި މި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން އިހަވަންދޫ ކައުންސިލުގެ ރައީސް އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ 2 އޭޕްރިލް 2023 ގައި. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 102,846,733.89 ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ފެށުނީ އޭގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންގެ މަސައްކަތްތައް ނިމި އަދި ބޭނުންވާ މުވައްޒަފުންވެސް ނެގިގެން ކަމަށް ރޯޑު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

މި މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގަމުންދާ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތް އެއް އަހަރު ތެރޭގައި ނިންމަައި ހަވާލުކުރަންޖެހެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!