ޚަބަރު
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނީ 89 ދާއިރާއަކަށް ކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑެންސީ ފޯމު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީ މެމްބަރުން ފޯމު ހުށައެޅުމަށް ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފައްޔާޒް ވިދާޅުވީ ޕާޓީގެ ފަރާތުން މިފަހަރު ވާދަކުރާނީ 89 ދާއިރާއަކަށް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ރަނގަޅު މެޖޯރިޓީއެއް ހޯދުމަށް ރައްޔިތުންގެ ތާއީދު ޕާޓީއަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“އަޅުގަނޑުގެ އުންމީދަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް، އަޅުގަނޑުމެންގެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ރައްޔިތުން ތާއީދުކުރެއްވުން. އަދި މިފަހަރު މަޖިލީހުގެ ރަނގަޅު މެޖޯރިޓީއެއްވެސް އެމްޑީޕީއަށް ލިބޭނެކަމަށް އުންމީދު ކުރެވޭ.” ފައްޔާޒް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެކަމަށް އެމްޑީޕީންވަނީ މީގެކުރިން ހާމަކޮށްފައެވެ. އެހެންނަމަވެސް، އެމްޑީޕީ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 4 ދާއިރާއަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. މީގެ ކުރިން އެމްޑީޕީން ބުނީ މި 4 ދާއިރާއަށް ޕްރައިމަރީއަށްފަހު ގޮތެއް ނިންމާނެކަމަށެވެ.

މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ސަރުކާރު ތަމްސީލު ކުރާ ޕީޕީއެމް/ ޕީއެންސީންނެވެ. އެޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ 90 ދާއިރާއަކުން ވާދަކުރާނެއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މިމުއްދަތު އަންނަ ބުދަ ދުވަހުގެ 2 ޖަހާއިރު ހަމަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، ރަމަޟާންމަހު އިންތިޚާބެއް އޮންނަ ނަމަ، އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާންމަސް ނިމި 10 ދުވަސްފަހުން ކަމަށް ބުނެ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުންވަނީ ފާސްކޮށްފައެވެ. މިއިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިނަމަ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވާނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!