ވިޔަފާރި
އެމްޕީއެލް ފްލެޓްތަކުގެ ކުލި ކުޑަކޮށްފި، ކުލިނަގަން ފަށަނީ ފްލެޓްތަކަށް މީހުން ވަދެނިމުމުން!

އެމްޕީއެލްގެ ފްލެޓް ތަކުގެ ކުލިކުޑަކޮށްފި ކަމަށާއި، އަދި ކުލި ހިނގަން ފަށާނީ ހުރިހާ ފްލެޓްތަކަށް މީހުން ވަދެނިމުމުން ކަމުގައި އެމްޕީއެލްގެ ސީއީއޯ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، މަސައްކަތްކުރީ ކުންފުންޏާއި ހަވާލުވެ ދެ މަސްތެރޭގައި މުހިންމު ހުރިހާ މަސައްކަތްތައް ނިންމާ މުވައްޒަފުން ފްލެޓްތަކަށް ވެއްދުމަށްކަމަށެވެ. ވަޖީހު ވިދާޅުވީ ބައެއް މަސައްކަތްތައް ކޮންޓްރެކްޓްކޮށްފައި ހުރި ގޮތުން ފްލެޓްތަކުގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މީހުން ދިރިއުޅެވޭ ވަރަށް މަސައްކަތް ނިމުނު ފްލެޓްތަކަށް މިހާރު އާއިލާތަކުން ބަދަލުވާން ފަށާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. އެގޮތުން ސަތޭކައެއްހާ އާއިލާ މިހާރު ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ މަސައްކަތްތައް ލަސްވަނީ ކުރީގެ މެނޭޖުމަންޓުން މަސައްކަތްތައް ކޮންޓްރެކްޓްކުރުމުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އައު މެނޭޖްމަންޓް ހަވާލުވެ، މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލާ އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. ނުނިމު ހުރީ ފިނިޝިންގެ ބައެއް މަސައްކަތްތައް ކަމަށާއި، އެކަންކަން ނިންމާ މުޅި ޕްރޮޖެކްޓް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ ފްލެޓްތައް ލަސްވެ މުވައްޒަފުންނަށް ކުރިމަތިވި ދަތިތަކުގެ ބަދަލެއްގެ ގޮތުން ކުލި ކުޑަކޮށް، ކުލި ދައްކަން ފަށަންޖެހޭ މުއްދަތު ފަސްކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ. ކުރިން ނިންމަފާއި އޮތް ގޮތުން އޭޕްރިލް މަހުން ފަށައިގެން ކުލި ދައްކަން ފަށަން ޖެހެއެވެ.

“ސުވާލު އެބަކުރޭ ކުލި ނަގަން ފަށާނެ ދުވަހަކާމެދު. މުވައްޒަފުންނަށް ދޭ ޔަގީންކަމަކީ، ފްލެޓަށް މީހުން ވަދެ ހަމަޖެހި ނިމުނީމަ ނޫނީ ކުލި ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން. އަދި މިހާރުގެ ކުއްޔަށްވުރެ ކުލިވެސް ކުޑަކޮށްދޭނަން.” އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު

އެމްޕީއެލް ފްލެޓްގައި ހިމެނެނީ 534 އެޕާޓްމަންޓެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 ޔުނިޓާއި، 3 ކޮޓަރީގެ 330 ޔުނިޓް ހިމެނެއެވެ. 4 ބާވަތެއްގެ އެޕާޓްމަންޓް ހިމެނޭއިރު، އަގުތައް އުޅެނީ 3700އާއި 8000އާއި ދެމެދުގައެވެ

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!