ޚަބަރު
ފަޅުތެރޭގައި ހުންނަ ފައްތިޔާތައް ނަގަން އަންގާ މައްސަލައަށް ހައްލުހޯދައިދޭނަން: ރައީސް ޑރ މުއިއްޒު

މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާތައް ނަގަން އަންގާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ ތެރެއިން ތ. މަޑިފުށީ، ތަރިވިދާގޭ، އަޙްމަދު އިބްރާހީމް، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަޙްމަދު އިބްރާހިމް ވަނީ މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާތައް ނުވަތަ ވާތައް ނަގަން އަންގާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަޑިފުށްޓަކީ އޮޑިދޯނި ފަހަރު ވަރަށް ގިނައިން ދުއްވާ ރައްޔިތުންތަކެއް އުޅޭ ރަށެއްކަމަށެވެ. އަދި މާލޭގެ ފަޅުތެރޭގައި މަޑިފުށްޓާއި އެހެނިހެން ރަށްތަކުގެވެސް ގިނަ ދޯނިތަކެއް އޮތްކަން ފާހަގަކުރެއްވިއެއެވެ.

ރައީސް ވިދާޅުވީ، ދޯނިތަކަށް ފަޅުތެރެއިން އެހެން ތަނެއް ހަމަނުޖައްސާ، ދޭތެރެ ދޭތެރެއިން ފަޅުން ނުކުންނަށް ޖެހި ދާނެ ގޮތް ވިޔަނުދޭނެކަމަށެވެ. އަދި މާލެ ސިޓި ކައުންސިލާ ވާހަކަދައްކައިގެން ކަންބޮޑުވުން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޮޑިދޯނި ފަހަރުގައި މަސައްކަތް ކުރާ މީހުން ފަޅުގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަވާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންތަނަކަށް ބަދަލުވާކަމުގައި ވަނީނަމަ އެނގިގެން އެކަން ހިނގާނީ. މަޝްވަރާކޮށްގެން އެކަން ކުރާނީ. ކުއްލިއަކަށް ކަމެއް ނިންމާފަ ބަދަލުވާގޮތެއް ނުހަދާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލޭ ފަޅުގެ ދަތިކަމަކީ އަބަދުވެސް އޮޑިވެރިންނާއި ދަތުރުވެރިންނާއި މަސްވެރިން ދައްކާ ވާހަކައެވެ. ފަޅުގައި ދޯނި ނުވަތަ ރަށުން އަންނަ ބޯޓު އަޅާނެ ޖާގައެއް ހޯދުމަކީ ދަތިކަމެކެވެ. މާލޭގެ އެކިއެކި ބަނދަރުތަކަށް ވަންނަންޖެހެނީ ކިޔު ހަދައިގެންނެވެ. ބައެއް ދުވަސްދުވަހު ބޯޓު ފަހަރު މާލެ އައިސް އެތައް އިރެއް ވަންދެން ބަނދަރާ ގާތްކޮށްނުލެވިފައިވެސް އޮންނަންޖެހެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!