ޚަބަރު
ސޫދާން, ކާބޯތަކެތީގެ ކުއްލި ނުރައްކަލުގެ ހާލަތުގައި

ސޫދާނުގައި ހަނގުރާމަ ހުއްޓުމެއްނެތި ކުރިއަށްދާއިރު، އެތާނގެ ރައްޔިތުން ބަނޑަށްޖެހުމުގެ  ސަބަބުން އަންނަ އަހަރުގެ ތެރޭގައި އެތައް ހާސް ބަޔަކު މަރުވާނެކަމަށް ލަފާކުރެވެއެވެ. ސޫދާންގެ ވެރިރަށް ޚަރްތޫމް އެންމެ ބޮޑަށް ވެއްޓުނީ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްޕީ) ގެ އަތްދަށުން އެތައް ހާސް ބައެއްގެ މުދަލާއި ރައްކާތައް ފޭރިގަތުމުންނެވެ. އެއާއެކު ސޫދާނުގެ ގިނަ ބަޔަކު ފަގީރުކަމުގެ ތެރެއަށް ވެއްޓިގެންދިޔައެވެ.

އާރްއެސްއެފް އާއި ސޫދާނުގެ އަސްކަރިއްޔާ އައި ދެމެދު ހިނގަމުންދާ ދާހިލީ ހަނގުރާމައަށް ދިހަ މަސް ވެފައިވާއިރު، އެ ގައުމުގައި ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް އެހީދޭ ޖަމާއަތްތަކާއި ކާރިސާގެ ތަޖުރިބާކާރުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެ އެވެ. އދ އިން އަންދާޒާކުރާ ގޮތުގައި ގާތްގަނޑަކަށް 18 މިލިއަން މީހުންނަށް ބަނޑުހައިހޫނުކަމުގެ ހާލަތު ދަނީ ކުރިމަތިވަމުންނެވެ. ދާދި ފަހުން ސޫދާންގެ އިންޓަނެޓް ހިދުމަތް ކަނޑާލުމާ އެކު، އެ ގައުމުގައި ތިބި އެކި ގައުމުތަކުން ހިޖުރަކުރި މީހުން އެމީހުންގެ އާއިލާތަކަށް އެހީތެރިވުމަށް ބަރޯސާވާ  ފައިސާ ޓްރާންސްފަރ ކުރާ ތަންތަން މެދުކަނޑާލުމުން އެ މައްސަލަ އިތުރަށް ގޯސްވި އެވެ.

ބަނޑުހައިހޫނުކަމުގެ ޙާލަތު ގޯސްވަމުންދާދަނޑިވަޅެއްގައި، ސޫދާނާއި ސޫދާނުގެ ރެފިއުޖީން ދިރިއުޅޭ ޤައުމުތަކަށް ކުރިމަތިވެފައިވާ ކާރިސާއިން ސަލާމަތްވުމަށް 4.1 ބިލިއަން ޑޮލަރުގެ އެހީދިނުމަށް އެހީދޭ އިދާރާތަކުން ދަނީ ގޮވާލަމުންނެވެ.

“ބަނޑުހައިހޫނުކަމުގެ މިންވަރު އިތުރަށް ނުފެތުރި އެ ހުރި މިނުގައި ހުއްޓަސް އަންނަ އަހަރުގެ ތެރޭގައި އެތައް ލައްކަ ކުދިންނެއް މަރުވާނެ” ކާރިސާތަކާ ބެހޭ މާހިރެއް ކަމުގައިވާ ޓަފްޓްސް ޔުނިވާސިޓީގެ ފްލެޗާ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީގެ ވޯލްޑް ޕީސް ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އެލެކްސް ޑި ވާލް ބުނެފައި ވެއެވެ.

“އެއީ މިލިއަނެއްހާ މީހުންނަށް އަހަރެއްހާ ދުވަހުގެ ކާބޯތަކެތި ނުލިބުމުން މެދުވެރިވެގެން ދާނެ ހާލަތެއް” އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ މައުލޫމާތު ދިނެވެ.

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެހީދޭ ޖަމާއަތުން ވަނީ އުތުރު ދާރުފޫރުގެ ޒަމްޒަމް ޑިސްޕްލޭސްމަންޓް ކޭމްޕްގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ކޮންމެ ގަޑިއަކު ދެ ކުއްޖަކު މަރުވާކަމަށް އިއުލާނުކޮށްފައެވެ. އެމްއެސްއެފްގެ މެޑިކަލް ޓީމްގެ ލީޑަރެއް ކަމަށްވާ އެމަނުއެލް ބާބެއިން ބުނެފައިވާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ އދ.ގެ ގިނަ އެޖެންސީތަކާއި ބައިނަލްއަގުވާމީ ރިލީފް ގްރޫޕްތަކުން އެ ސަރަހައްދުގައި ހިންގަމުން ގެންދިޔަ އޮޕަރޭޝަންތައް ހުއްޓާލުމާ ގުޅިގެން ދާރުފޫރުގެ އާންމުންނަށް ބަނޑުހައިހޫނުކަން އިތުރުވެފައިވާ ކަމަށެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގެ މުވައްޒަފަކު ސޫދާން އާއި ޗާޑްގެ ބޯޑަރު ކައިރީގައި ސޫދާންގެ ރެފިއުޖީންނަށް ކާބޯތަކެތި ބަހަނީ — ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން ދެކުނު އަދި މެދު ދާރުފޫރުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުން ސަލާމަތްވި އެތައް ހާސް ބަޔަކު ވަނީ ޒަމްޒަމްގައި ހިމާޔަތް ހޯދާފައި ކަމަށް ދާދި ފަހުން ކޭމްޕަށް ޒިޔާރަތްކުރި ބާބެއިން ބުނެފައި ވެއެވެ. އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބާބެއިން ބުނީ ދާރުފޫރުގެ އާންމުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި ހަނގުރާމައިގެ ސަބަބުން ބިން ހަލާކުވުމުންވެސް ގިނަ ބަޔަކަށް ދަނޑުވެރިކަން ނުކުރެވޭކަމަށެވެ.

ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ސަބަބުން ވެސް ސޫދާންގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑަށް ފެތުރެމުން ދެއެވެ. މިދިޔަ ޑިސެމްބަރު މަހު އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ވަނީ ދުރު އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ގަދާރިފްގައި ކޮލެރާ ފެތުރެމުންދާކަން އިއުލާނުކޮށްފަ އެވެ. ބާބައިން ބުނީ ދާރްފޫރަށް ދިމާވެފައި ވަނީ އެފަދަ ނުވަތަ އެއަށްވުރެ ވެސް ގޯސް ކާރިސާއަކާ ކަމަށް ބެލެވޭ ކަމަށެވެ.

“ހަފުތާތަކެއް ވަންދެން ދިގުދެމިގެންދާ ކޮލެރާގެ ސަބަބުން ބޭރަށް ހިނގާ ކުދިންނަށް ވަރަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވާނެ. އެހެންވީމަ ފެނުގެ ސާފުތާހިރުކަން ދަށްވުމަކީމި މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބު” އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ އިތުރަށް މައުލޫމާތު ދިނެވެ. 

މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސޫދާނުގައި ކުރިޔަށްދާ ހަނގުރާމައިގައި މިހާތަނަށް 8 މިލިއަނެއްހާ މީހުން އަމިއްލަ ގެތައް ދޫކޮށްލަން ޖެހިފައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!