ކުޅިވަރު
ހަނި ގޮތަކަށް ލެއިޕްޒިގް ބަލިކޮށް ރެއާލުން ކުއާޓާގެ އުއްމީދު ބޮޑުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އޮސްޓްރިއާގެ އާރުބީ ލެއިޕްޒިގުގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރިހޯދައި ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލުގެ ޖާގައަކާއި ފިޔަވަޅަކަށް ގާތަށް ޖެހިލައިފިއެވެ.

އޮސްޓްރިއާގައި ހުންނަ ރެޑްބުލް އެރީނާ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލެއިޕްޒިގުން ރެއާލްގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެންދިޔައިރު މި ހާފުގައި އެ ޓީމުގެ ފޯވަޑް ބެންޖަމިން ސެސްކޯ ބޮލުން ޖަހައި ގޯލު ތެރެއަށް ބޯޅަ ވެއްދި ނަމަވެސް މި ގޯލް ރެފްރީ ބާތިލް ކުރީ އޮފްސައިޑު ވުމުންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ރެއާލުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހޭތޯ މަސަތްކަތް ކުރިތަން ފެނިގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން 48 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން ތަރި ބްރާހިމް ޑިއާޒް ޖެހި ގޯލުން ރެއާލުން ލީޑު ނެގިއެވެ. ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޑިއާޒް ބޯޅަ ގޯލް ތެރެއަށް ވައްދާލީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގަ އެވެ. ޑިއާޒްގެ ގޯލަށްފަހު ވެސް ރެއާލުން ދެވަނަ ގޯލެއް ޖެހުމާއި ގާތަށްދިޔަ އެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ވިނިޝިއަސް ޖޫނިއަ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ލެއިޕްޒިގުން ނަތީޖާ އަނބުރާ ލެވޭތޯ މަސަތްކަތް ކުރި ނަމަވެސް ޑަނީ އޮލްމޯ އަދި ސެސްކޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރެވެ.

ފުރަތަމަ ލެގު ހަނި ގޮތަކަށް ރެއާލުން ކާމިޔާބުކުރިއިރު މި ދެ ޓީމް ރެއާލްގެ ދަނޑުގައި ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ މަހުގެ ކުރީކޮޅު އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!