ޚަބަރު
ޖާބިރު އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރައްވަން އިސީ އަށް ފޯމް ހުށަހަޅައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފިއެވެ.

ޖާބިރު އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރަން ނިންމެވީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ކުރައްވާ ޓިކެޓް ކަށަވަރު ކުރެއްވުމަށްފަހު، އެމްޑީޕީން ޓިކެޓް އަނބުރާ ނެންގެވުމުންނެވެ.އެމްޑީޕީން ޖާބިރުގެ ޓިކެޓް ނަގާފައިވަނީ މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރާކަމަށްބުނެއެވެ. އަދި ޓިކެޓު އަތުލާ ޖާބިރު ވަނީ އެ ޕާޓީން ވަކިވެސް ކުރައްވާފައެވެ.

އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ޖާބިރު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައިވާއިރު، ޖާބިރުގެ ފަރާތުން މި ފޯމު ހުށަހެޅުއްވީ ދަރިކަނބަލުން އާމިނަތު ޖާބިރާއި، ޖާބިރުގެ ފިރިހެން ދަރިކަލުންވެ. މި އިންތިހާބުގައި ޖާބިރުގެ ފިރިހެންދަރިކަލުން ވެސް ވާދަ ކުރައްވައެވެ.

އަހުމަދު މުއާޒު އަބްދުﷲ ޖާބިރު ވެސް ވަނީ އެމްޑީޕގެ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ. މުއާޒު ޓިކެޓް ކަށަވަރު ކުރެއްވީ އދ. މަހިބަދޫ ދާއިރާއަށެވެ. ނަމަވެސް މުއާޒުގެ ޓިކެޓް އެމްޑިޕީން އަތުލާފައެއް ނުވެއެވެ.

ޖާބިރު ވަނީ އެމްޑިޕީން އޭނާ ވަކި ކުރި މައްސަލަ ކޯޓަށްވެސް ހުށަހަޅުއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!