ޚަބަރު
އުރީދޫ އާއި އަމާނަ ތަކާފުލް ގުޅިގެން ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސްއެއް ތައާރަފުކޮށްފި

އުރީދޫ އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް އާންމުންނަށް ތައާރަފުކޮށްފިއެވެ.

އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ އުރީދޫ މޯލްޑިވްސް އާއި އަމާނަ ތަކާފުލްއާ ގުޅިގެން ތައާރަފުކުރި އިންޝުއަރެންސް ޕެކޭޖެކެވެ. އެ ޕެކޭޖު ތައްޔާރުކޮށްފައިވަނީ އެމް-ފައިސާ މެދުވެރިކޮށް ނެގޭ ގޮތަށެވެ.

އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. މިޕެކޭޖުން ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުން ތަކަށް ބަދަލު ފޯރުކޮށްދެވޭނެއެވެ.

އުރީދޫއިން ބުނީ މިޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވާ އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ 771،000 ރ އާއި ހަމައަށް ބަދަލު ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން ކުއްލިހާލަތްތަކުގައި ބޭސްފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށް 1،542،000 ރ އާއި ހަމައަށް ބަދަލު ފޯރުކޮށްދެވޭނެ ކަމަށްވެސް އުރީދޫ އިން ބުނެފައިވެއެވެ.

އަދި މީގެއިތުރުން ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި، މެދުވެރިވި ހާލަތެއްގެ ސަބަބުން ދަތުރު ކެންސަލް ކޮށްލަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އޮޕްޝަން ވެސް މި ޕެކޭޖުގައި ހިމަނާފައިވެއެވެ.

އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސް ޕެކޭޖު، 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ކަސްޓަމަރުންނަށް ނެގިދާނެ ކަމަށް އުރީދޫން މައުލޫމާތުދެ އެވެ. އެ ޕެކޭޖް 65 އަހަރުން ދަށުގެ ކޮންމެ މީހަކަށް ވެސް ނެގެން ހުންނާނެ ކަމަށާއި ޕެކޭޖު ނަގާއިރު އެއްކޮށް ދަތުރު ކުރާ މީހުން ވަކިވަކި ޕެކޭޖު ނެގުމުގެ ބަދަލުގައި އެއް ޕެކޭޖުގައި ހުރިހައި އެންމެނަށް ހިމެނުމުން ފަސޭހަވާނެ ކަމަށް އުރީދޫން ބުންޏެވެ.

ޕެކޭޖުން ބަދަލު ހޯދުމަށް، އެކްސިޑެންޓެއް ދިމާވުމުން ވީހާވެސް އަވަހަކަށް އަމާނާ ތަކަފުލްއާ ހިއްސާކޮށް، ހަރަދުވި ބިލްތައް ހުށަހެޅުމުން ބަދަލު ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ. މީގެ އިތުރުން އެމެޖެންސީ ހާލަތުގައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި އަމާނަ ތަކަފުލް މޯލްޑިވްސްގެ ތާޑް ޕާޓީ އެޖެންޓުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި އެކި ސަރަހައްދުތަކުގައި ތިބޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!