ޚަބަރު
މަޖިލިސް އިންތިހާބު: އަންހެން ކެންޑިޑޭޓުންގެ ނިސްބަތަކީ 10 ޕަސެންޓު!

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 10.76 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.

މާޗު 17 ގައި ބާއްވަން ތާވަލުކޮށްފައިވާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، 93 އިިންތިހާބީ ދާއިރާ އަށް ވާދަކުރަން 381 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވެ އެވެ .

ހަބީބް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ހުށަހެޅި 381 ފޯމުގެ ތެރެއިން %10.76 އަކީ އަންހެން ބޭފުޅުން ކަމަށެވެ.

ހަބީބު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީއާ މެދު ނިންމި ގޮތް ރޭގެ ނިޔަލަށް އީމެއިލްގެ ޒަރީޔާއިން ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ކެންޑިޑެސީ ސައްހަ ނޫން ކަނޑައަޅާފައިވަނީ ކިތައް މީހުންގެ ކަމެއް އީސީ އަދި ހާމައެއް ނުކުރެއެވެ.

އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރަން ގުރު ނެގުން މިއަދު މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

ގުރު ނެގުމުގައި ކެންޑިޑޭޓުންނަށް ވަޑައިނުގެންނެވޭނަމަ ބަދަލުގައި އަންނަ މީހެއް ބަޔާންކޮށް، ސިޓީއާއެކު އައުމަށް އިލެކްޝަންސް އިން ވަނީ އެދިފަ އެވެ. ކެންޑިޑޭޓުގެ ފަރާތުން އެއްވެސް މީހަކު ހާޒިރު ނުވާނަމަ ގުރު ނަގާނީ އީސީގެ އޮފިޝަލެއް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މާޗު 17 ގައި އިންތިހާބު ބާއްވަން މިހާރު ތާވާލުކޮށްފައި ވާއިރު، ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ވަނީ ގާނޫނަށް ބަދަލު ގެނެސްފައެވެ. އެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއް ނުކުރައްވައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!