ޚަބަރު
ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރަނީ

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު ވަރުގަދަ ކުރުމަށް ސަރުކާރުގެ މައި ދެ ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ސިއްޙީ ހިދުމަތަކަށް އެދި އެޕޮއިންޓުމެންޓު ލިބުން ދަތިވުން ފަދަ މައްސަލަތަކަށް ސަރުކާރުން ހޯދައިދޭނެ ހައްލަކާ ބެހޭގޮތުން ލ.މާބައިދޫ، ލަކްސްލިން، އާދަމް އަބްދުﷲ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެގޮތުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރާ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

“ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް ދެންމެ ތި ވިދާޅުވި ގޮތަށް މަޑު ކުރަން ޖެހޭ ވަގުތު ވެސް ކުޑަވާނެ. ދެވަނަ ކަމަކަށް މިހާރު ކުރެވޭ ކަމަކީ އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާ އެކީގައި ހަމަޖެހިގެންދާ ގޮތަށް އިރާދަކުރެއްވިއްޔާ ނިޒާމު ބައްޓަން ކުރަމުން މިދަނީ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވީހާވެސް ގިނަ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން އިތުރު ކުރެވޭ ވަރަކަށް އިންތިޒާރުގައި މަޑު ކުރެވޭ ވަގުތު މަދުވެގެން ދާނެ ކަމަށެވެ. އެހެންވެ، މާލެ ސަރަހައްދާ އެކީގައި ރަށްރަށުގައި ވެސް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!