ޚަބަރު
ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ރަސްމީ ނަން ބަދަލުކޮށްފި

ޠާލިބާން ޖަމާޢަތުން، އަފްޣާނިސްތާނުގެ ރަސްމީ ނަން ބަދަލުކޮށް ތާލިބާން ޖަމާއަތުން އެކަން އިއުލާންކޮށްފިއެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި “އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާން” އުފެއްދިކަން ވަނީ އިއުލާން ކުރައްވާފައެވެ. އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާނުން މި ގާއިމްކުރެވުނީ، އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން އަފްޣާނިސްތާނު މިނިވަންވިތާ 102 އަހަރު ފުރުމާ ދިމާކޮށް ކަމަށްވެސް ޓްވީޓްގައި އޭނާ ބަޔާންކޮށްފައިވެއެވެ.

ފާއިތުވީ އާދީއްތަ ދުވަހު މުޅި އަފްޣާނިސްތާން ތާލިބާން ޖަމާއަތުގެ ކޮންޓްރޯލް ދަށަށް ގޮސްފައިވާއިރު، އަފްޣާނިސްތާނުގައި ވެރިކަންކުރާނީ ކައުންސިލަކުން ކަމަށް ތާލިބާން ޖަމާއަތުން ބުނެފައިވެއެވެ. އަފްޣާނިސްތާނުގައި ޤާއިމްކުރާ ސަރުކާރުގެ އިސްވެރިޔަކީ ކޮން ބޭފުޅެއްކަން ހާމަކޮށްފައި ނުވެއެވެ. ބެލެވޭ ގޮތުން، ވެރިކަން ކުރާ ކައުންސިލްގެ އެންމެ އިސް ވެރިޔަކަށް ހުންނަވާނީ ތާލިބާން ޖަމާއަތުގެ މިހާރުގެ ރޫހީ ލީޑަރު ހައިބަތުﷲ އަޚުންދްޒާދާއެވެ. މިނިޒާމަކީ، އަފްޣާނިސްތާނުގައި ތާލިބާނުން ކުރިންވެސް ވެރިކަން ކުރިއިރު އޮތްފަދަ ނިޒާމެކެވެ.

ތާލިބާން ޖަމާއަތުގެ މިހާރުގެ ރޫހީ ލީޑަރު އަޚުންދްޒާދާގެ ތިން ނައިބުން ތިއްބަވައެވެ. އެއީ، ކުރީގެ ވެރިޔާ މުއްލާ އުމަރުގެ ދަރިކަލުން މުއްލާ ޔައުގޫބާއި، ނުފޫޒުގަދަ ހައްގާނީ ނެޓްވޯކުގެ ލީޑަރު ސިރާޖުއްދީން ހައްގާނީއާއި، ތާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ އަދި ތާލިބާން ޖަމާއަތުގެ އެއް ފައުންޑަރ އަބްދުލް ޣަނީ ބަރާދަރުއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!