ލައިފްސްޓައިލް
ދަންގަލް ފިލްމުގައި އާމިރުގެ އަންހެން ދަރީގެ ރޯލް ކުޅުނު ސުހާނީ މަރުވެއްޖެ

މީގެ އަށް އަހަރު ކުރިން ނުކުތް މަޝްހޫރު ފެމިލީ ޑްރާމާ ފިލްމު “ދަންގަލް” އިން މަޝްހޫރުވި އެކްޓްރެސް ސުހާނީ ބަޓްނަގާރު މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ސުހާނީ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ހޮސަޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ސުހާނީ މަރުވިއިރު އޭނާގެ އުމުރަކީ 19 އަހަރެވެ.

ރިޕޯޓުތައް ބުނާގޮތުން ސުހާނީ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ ބޭހުގެ ރިއެކްޝަނެއްގެ ސަބަބުން ހާލު ދެރަވެގެންނެވެ. އަދި ހަށިގަނޑުގައި ފްލުއިޑް އުފެދޭތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސުހާނީ އައީ އެކަމަށްވެސް ފަރުވާ ހޯދަމުން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އުމުރުން 11 އަހަރުގައި ސުހާނީ ފިލްމް އިންޑަސްޓްރީ އަށް ނުކުތީ އެކްޓަރު އާމިރު ހާންގެ ފިލްމު ދަންގަލް އިންނެވެ. އިންޑިއާގެ އިތުރުން ދުނިޔޭގައިވެސް ބޮޑު މަޝްހޫރު ކަމެއް ހޯދި މި ފިލްމުގައި ސުހާނީ ކުޅުނީ އާމިރުގެ އަންހެން ދަރި “ބަބީތާ ފޯގާޓް”ގެ ރޯލެވެ. ފިލްމުގައި ސުހާނީ ދެއްކި އެކްޓިންގް އަށް ގިނަ ބައެއްގެ ތައުރީފުވެސް ލިބިގެންދިޔައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!