ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކަށްވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.
ކޮންމެ ކެންޑިޑޭޓެއްގެ މަސްލަޙަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އިލްކެޝަނުން ކަނޑައަޅާ ޝަރުތު ހަމަވާ 1 މަންދޫބަކު ޢައްޔަންކުރުމުގެ ފުރުޞަތު އޮންނާނެކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތި ދީފައިވެއެވެ.
ކެންޑީޑޭޓުންގެ މަންދޫބުންނަށް ވުމުގެ ސުންގަޑިއަކީ ،2024 ފެބުރުވަރީ 24 ވާ ހޮނިހިރު ދުވަހުގެ 15:00 އާ ހަމައަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
މަންދޫބެއްގެ ޝަރުތުތަކަކީ،
18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައި ނުވުން.
އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައިނުވުން.
ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން.
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން، ނުވަތަ އިންތިޚާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
މަންދޫބުންނަށް އީސީން ދޫކުރާނީ ޑިޖިޓަލް ފާހެއް.
މަންދޫބުން އީސީން ކުރިއަށްގެންދާ މަޢުލޫމާތު ސެޝަން ފުރިހަމަކުރަންޖެހޭނެ.
ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅުއްވާ މެއިލް އީސީއަށް ލިބިފައިވާކަން ކަށަވަރުކުރައްވަންވާނެ.
މަންދޫބުންގެ ފޯމު ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށް ނުވަތަ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން 2024 ފެބުރުވަރީ 16 އިން 24 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 03:00 އަށް. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 03:00 އަށް. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 ން ހަވީރު 05:00 އަށެވެ.
މަންދޫބުންގެ ފޯމު މެއިލްކުރާނީ އީސީގެ omc@elections.gov.mv މެއިލަށް. އެޕްލިކޭޝަން އީސީގެ ވެބްސައިޓް elections.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.