ކުޅިވަރު
ލިވަޕޫލާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ސިޓީން ނަގާލައިފި

އިނގިރޭސި ޕްރިމިއަ ލީގުގައި ޗެލްސީއާ ބައްދަލުކުރި މެޗު އެއްވަރުވެ އެއްވަނައިގައި އޮތް ލިވަޕޫލާއި ގާތަށް ޖެހިލުމަށް ލިބުނު ފުރުސަތު މެންޗެސްޓަ ސިޓީން ނަގާލައިފިއެވެ.

އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މި ނަތީޖާއާއެކު ސިޓީ އޮތީ 53 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި 57 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު 55 ޕޮއިންޓާއެކު ދެވަނަ މަގާމުގައި އޮތީ އާސެނަލް އެވެ. ރޭ ސިޓީ އަތުން ލިބުނު ޕޮއިންޓާއެކު މުޅިއެކު 35 ޕޮއިންޓް ހަމަކޮށް ޗެލްސީ އޮތީ ތާވަލުގެ ދިހަ ވަނައިގައެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގް އެވެ. މިއީ ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ސްޓާލިންގް ޖެހި ގޯލެކެވެ. މި ހާފުގައި ޗެލްސީން ދެވަނަ ގޯލެއް ޖެހުމާއި ގާތަށްދިޔަ ނަމަވެސް ސްޓާލިންގް ފޮނުވާލި ހަމަލާ ކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅު މެޗުގެ ނަތީޖާ އަނބުރާލެވޭތޯ މަސަތްކަތް ކުރި އެވެ. ސިޓީއަށް މި ހާފުގައި ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން އާލިންގް ހާލަންޑަށް ލިބުނު ތިން ފުރުސަތު ވެސް ވީ ބޭކާރެވެ. ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރީ 83 ވަނަ މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ޖަހައިދިން ގޯލުންނެވެ.

ސިޓީން ފުރުސަތު ނަގާލިއިރު ރޭ ލިވަޕޫލްއާއި އާސެނަލުން ވަނީ އެ ޓީމުތަކުގެ މެޗުތައް ކާމިޔާބުކޮށްފައެވެ. ލިވަޕޫލުން 4-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު އާސެނަލުން ބާންލޭ ބަލިކުރީ 5-0 އިންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!