ޚަބަރު
އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 7000 އަށްވުރެ ގިނަ ފަތުރުވެރިން

އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000 އަށްވުރެ ގިނަ ފަތުރުވެރިން މިހާރު ރާއްޖެއަށް އަންނަ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 326،424 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 279،223 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 16.9 އިންސައްތަ އިތުރު އަދަދެކެވެ.

މަހުން މަހަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ވަނީ 192،385 ފަތުރުވެރިން އައިސްފައެވެ. އަދި މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް 134039 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިޓަލީ އިންނެވެ. މި ލިސްޓުގެ ތިންވަނައިގައި ރަޝިޔާ އޮތްއިރު ހަތަރުވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ފަސްވަނައިގައި އޮތީ އިންޑިއާ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.

ސަރުކާރުން އަމާޒު ކޮށްފައިވަނީ މި އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާނަމަ އެ ޢަދަދު 2.3 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!