ޚަބަރު
މުޒާހަރާ ކުރުމަކުން މައްސަލަ އެއްނޫން، ނަމަވެސް އޮޕަރޭޝަން ހުއްޓުވައިގެން ނުވާނެ: ބައެއް އޮޑިވެރިން

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މުޒާހަރާ ކުރުމަކުން މައްސަލައެއް ނެތްކަމަށާއި، އެހެންނަމަވެސް ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުވައިގެން ނުވާނެކަމަށް ބައެއް އޮޑިވެރިން ބުނެފިއެވެ.

އާދީއްތަ ދުވަހު ހެނދުނު ކޫއްޑޫގައި މަސްވެރިން މުޒާހަރާ ފެށީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބި ތިން މަސް ވެއްޖެ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ށ. އަތޮޅުގައި ހުންނެވުމަށް ފަހު، ކޫއްޑު އަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބުނެވެ.

މަސްވެރިން ކުރަމުންދާ މުޒާހަރާ ގުޅިގެން، ކޫއްޑޫގެ އޮޕަރޭޝަންތައް ވަނީ ހުއްޓުވާފައެވެ. އަދި އޮޕަރޭޝަންތައް ހުއްޓުވުމުގެ ސަބަބުން، މިހާރު މަސްބާނާފައިތިބި ދޯނިތަކަށް މަސްކިރޭ ގޮތެއް ނުވެއެވެ.

މިކަމާއި ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް އޮޑިވެރިޔަކު މިނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މަސްވެރިން ބާނާފައިވާ މަހަށް ފައިސާ ލިބެން ޖެހޭ ކަމަށާއި، އަދި ފައިސާ ނުލިބި ގިނަދުވަސް ވުމުން މުޒާހަރާ ކުރުމަކުން މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް މިހާރު މަސްކިރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނަން ވާނެކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުވުމުކަށް ތާއީދެއް ނުކުރާކަމަށެވެ.

އަޅުގަނޑުމެންނަށް ވެސް ލިބެންޖެހޭ, 3 ވަރަކަށް މިލިއަން ރުފިޔާ އެބަހުރި، އެހެންނަމަވެސް ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުވުމަށް ތާއިދެއް ނުކުރަން- އޮޑި ވެރިއެއް

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓާލައިފައި އޮތުމުން، ރާއްޖެއިން ބޭރުކުރާ މަސް، ބޯޓަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ.

އެހެން އޮޑިވެރިޔަކު ވިދާޅުވީ، ސަރުކާރުން ވަނީ މަސްވެރިންނަށް ފައިސާ ދިނުމަށް ޔަގީން މުހުލަތެއް ދީފައި ކަމަށެވެ. އެހެންކަމުން އެމުއްދަަށް ބެލުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެމުއްދަތަށް ފަހު ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޫކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ތާރީހަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށް ބުނެ ޝަކުވާކުރި ނަމަވެސް މި ސަރުކާރުން މިހާތަނަށް ވަނީ 400 މިލިއަނަށް ވުރެ ގިނަ ފައިސާ އެ މީހުންނަށް ދޫކޮށްފަ އެވެ. މިހާރު ދޫނުކޮށް ހުރި 300 މިލިއަނެއްހާ ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހު ދޭން ސަރުކާރުން އެއްބަސްވުމުން ވެސް ކޫއްޑޫގައި މުޒާހަރާކުރާ މީހުން އެ ގޮތް ބޭނުމެއް ނުވި އެވެ. އެ މީހުން ބޭނުންވަނީ ވަގުތުން ފައިސާ ލިބުމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ އަންނަ މަހުގެ 5 ގެ ކުރިން ހުރިހާ ފައިސާއެއް ދޫކޮށް ނިންމައި އޭގެ ފަހުން ބަރާބަރަށް ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދޭން ފަށާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!