މައުލޫމާތު
އީއާރުއެސް 2 ސެޓެލައިޓް މި ހަފުތާ ތެރޭ ދުނިޔެއަށް ވެއްޓެނީ، ނުރައްކަލެއް ނެތް!

ބަރުދަނުގައި 2 ޓަނު ހުންނަ އީއާރުއެސް 2ގެ ނަމުން ނަން ދީފައިވާ ޖައްވީ ސެޓެލައިޓް މި ހަފުތާ ތެރޭގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) އިން ރިޕޯޓުކޮށްފިއެވެ.

މީގެ 30 އަހަރު ކުރިން 1995 ގައި ޖައްވަށް ފޮނުވާލި އީއާރުއެސް 2 ސެޓެލައިޓް އޭގެ ބޭނުން ކެނޑުމުން ދުނިޔެއަށް ކްރޭޝް ކުރުމަށް ސެޓެލައިޓުގެ ބެލެނިވެރި ފަރާތް ޔޫރަޕިއަން ސްޕޭސް އޭޖެންސީން ވަނީ ނިންމައިފައެވެ. އެ އިދާރާ އިން ރިޕޯޓުކޮށްފައިވާ ގޮތުން މި ސެޓެލައިޓް ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަންނާނީ މި މަހުގެ 21 ވާ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ސެޓެލައިޓް ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ބުދަ ދުވަހުގެ ތެރޭ ވަންނަ އިރު ސެޓެލައިޓް ލޭންޑް ކުރާނީ ކިހާ ހިސާބަކަށް ކަމެއް މިކަމާބެހޭ ތަޖުރިބާކާރުންނަށް ނޭނގެ އެވެ. ރިޕޯޓުތައް ބުނާގޮތުން ސެޓެލައިޓް ބިމުގެ ފަށަލައިން ފެށިގެން 80 ކިލޯމީޓަރުގެ އަލްޓިޓިއުޑަށް ތިރިވުމުން އެޓްމޮސްފިއާ ތެރޭގައި ރޯވެ ކުދި ކުދި ވެގެންދާނެ އެވެ. ބިމުގައި ޖެހުމުގެ ކުރިން މީގެ ގިނަ އެތިކޮޅުތައް އަނދާ އަޅިއަށްވެ ނެތިދާއިރު ކޮންމެވެސް ވަރެއްގެ ޑެބްރީ ތަކެއް ދުނިޔެއަށް ފޯރާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި އިން އެތިކޮޅެއްގެ ނުރައްކާ މުޅިންހެން އިންސާނުންނަށް ނެތެކޭ ބުނެވޭކަށް ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެހެންނަމަވެސް މިކަހަލަ ކަމެއްގައި އިންސާނަކަށް ގެއްލުން ވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނި ކަމަށް އެ މީހުން ބުނެއެވެ. އަދި މިއިން އެއްވެސް އެތިކޮޅެއްގައި އެއްވެސް ކަހަލަ ރޭޑިއޯ އެކްޓިވް މާއްދާ އެއް ނުހުންނާނެ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ޔޫރަޕިއަން ސްޕޭސް އޭޖެންސީން ދުނިޔޭގެ ބިމުގެ ފަށަލައާއި، ކަނޑުތައް ދިރާސާކުރުމުގެ ބޭނުމުގައި އީއާރުއެސް 2 ސެޓެލައިޓް ޖައްވަށް ފޮނުވާލީ 1995 ވަނަ އަހަރުގެ އެޕްރިލް މަހުގެ 1 ވަނަ ދުވަހު ގިނީ ސްޕޭސް ސެންޓަރުންނެވެ. މި ސެޓެލައިޓުގެ މިޝަން ފުރިހަމަވި ކަމަށް ސްޕޭސް އޭޖެންސީން އިއުލާނުކުރީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާ ހިސާބަށް ސެޓެލައިޓް ޖައްވުގައި އެނބުރެމުން އައީ “އޯބިޓަލް ޑިކޭ” އެއްގައެވެ. މާނައަކީ އޭތި ދުނިޔެ ވަށާ އެނބުރެމުން ދިޔައީ ދުވަހެއް ދުވަހަކަށް އަލްޓިޓިއުޑް ތިރިވާ ގޮތަށެވެ. މިހެން ހަދަން ސްޕޭސް އޭޖެންސީން ނިންމީ ސެޓެލައިޓު ޖައްވުގެ ތެރެއަށް ދޫކޮށްލައިފިނަމަ އެހެން ސެޓެލައިޓަކާ ޖެހި މިހާރުވެސް ފުނި ޖެހިފައިވާ ސްޕޭސް ޑެބްރީ ކްލައުޑް ތެރެއަށް އިތުރުވެގެން ދިޔަ ނުދިނުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!