ޚަބަރު
ވެރިފަރާތް ހާޒިރު ނުވިއަސް އައިޑީ ކާޑު ނެގޭނެ ގޮތް ހަދައިފި

އައިޑީކާޑު އާ ކުރުމަށްފަހު ނުވަތަ އަލަށް ކާޑު ހެދުމަށްފަހު ވެސް ކާޑު ނެގުމަށް ވެރިފަރާތުން އަމިއްލައަށް ހާޒިރުނުވިޔަސް ކާޑު ނެގޭނެ ގޮތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ހަދައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން މިމަހު 25 ވަނަ ދުވަހުން ފެށިގެން އައިޑީކާޑު ނެގުމަށް ވެރިފަރާތުން އަމިއްލައަށް ވަޑައިނުގަތަސް ވެރިފަރާތުގެ ސިޓީއަކާއެކު މީހަކު ފޮނުވުމުން އައިޑީ ކާޑް ހަވާލުކުރެވޭނެއެވެ.

މި ފަދައިން ނިންމާފައިވަނީ ރައްޔިތުންނަށް ދަތި ތަކާއި ކުރިމަތި ނުލާ ފަސޭހައިން އައިޑީ ކާޑު ނެގޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

މިގޮތަށް ކާޑު ދޫކުރެވުނު ނަމަވެސް ކާޑާއި ހަވާލުވުމަށްފަހު ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމަންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅޭނެ ކަމަށް އެ އިދާރާ އިން މައުލޫމާތުދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!