ޚަބަރު
އަނެއްކާވެސް ގެމަނަފުށީ ޒުވާނުންގެ ތަފާތު ކަމެއް، މިފަހަރު ގެމަނަފުށި އަޅާލީ ކަނޑުއަޑީގައި

ގއ ގެމަނަފުށީ ޒުވާނުން އެރަށް އިސްތިހާރުކުރުމަށް އަނެެއްކާވެސް ތަފާތު ކަމެއް ކޮށްފިއެވެ.

ގެމަނަފުށްޓަކީ އަބަދުވެސް ރަށުގެ ރީތިކަން ދައްކާލަން ކުޅަދާނަ ޒުވާނުން ތިބި ރަށެކެވެ. ތަފާތު ގޮތަކަށް ރަށް އިސްތިހާރު ކުރުމަކީ އެރަށުގެ ޒުވާނުންނަށް ލިބޭ އުފަލެކެވެ. އެގޮތުން މިފަހަރު އަނެއްކާވެސް މިކޮށްލީ ތަފާތު ކަމެކެވެ. ގެމަނަފުށި މިފަހަރު އަޅާލީ އިގިރޭސިބަހުން ކަނޑު އަޑީގައެވެ.

ސްނޯރކްލިން އަށް ލޯބި ކުރާ ފަރާތްތަކަށް ޔަގީނުންވެސް މިއީ ތަފާތު އަދި ހިތްގައިމު މަންޒަރަކަށް ވެގެންދާނެއެވެ. “ކޮރަލް ގާޑަން” ގެ ނަމުން ނަންދީފައިވާ މި ހިތްގައިމު މަންޒަރަކީ ގެމަނަފުށީ ސަންރައިސް ބީޗް ރީފް އާދިމާލުން މޫދުގަ އެރަށުގެ ނަން އެޅުމަށްފަހު ހަދާލާފައިވާ ޑައިވިންގ ޕޮއިންޓެކެވެ.

ގެމަނަފުށްޓަކީ ލޯކަލް ޓުއަރިޒަމަށް އެރަށް އިސްތިހާރު ކުރުމުގައި ވަރަށް ބޮޑަށް އިސްކަންދޭ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން މީގެ ކުރިންވެސް އެރަށުގެ ޒުވާނުންވަނީ އެރަށުގެ އެކި ސަރަހައްދު ތަކުގައި ހިތްގައިމު މާހައުލުތައް ހަދާފައެވެ. މޫދަށް އެރިލާ އާއިލާއާ އެކީ ވަގުތު ހޭދަކޮށްލަން އެންމެ އެކަށޭނެ ގޮތަކަށް އެތަންތަން ތަރައްގީ ކޮށްފައެވެ. ގިނަ ބައެއްގެ އެހީއާއި އެރަށުގެ ޒުވާނުންގެ ހިތްވަރުންނެވެ.

މިހާރު އެރަށުގެ ޒުވާނުންގެ މިސްރާބު މިހުރީ މުޅިންވެސް ކަނޑުއަޑީގެ މަންޒަރުތަކަށެވެ. އެގޮތުން ދާދިފަހުން އެރަށު ޒުވާނުންތަކެއް ވަނީ އެރަށުގެ މޫދުއަޑީގައި އުދޯއްޔެއްވެސް ހަރުކޮށްފައެވެ. ޒުވާނުންގެ އެއްބާރުލުމާއި ބުރަ މަސައްކަތުން ކަމެއް ކޮށްފިއްޔާ ކޮންމެ ކަމަކީވެސް ކާމިޔާބު ވާނެ ކަމެއްކަން ގެމަނަފުށީ ޒުވާނުން ސާބިތުކޮށްދީފިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!