ކުޅިވަރު
ހާލަންޑުގެ ގޯލުން މޮޅުވެ، ސިޓީން ލިވަޕޫލާ ޕޮއިންޓަކާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޯވޭގެ އިތުބާރު ފޯވަޑް އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުން 1-0 އިން ބްރެންޓްފޯޑް ބަލިކޮށް، ޗެމްޕިއަން މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.

އެއް ވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެ ވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.

ކޯޗު ޕެޕް ގާޑިއޯލާ މި މެޗު ނިންމާލި ކެވިން ޑިބްރޭނާ ބެންޗުގައި ބައިންދައިގެންނެވެ. ގާޑިއޯލާ ބުނީ ޑިބްރޭނާގެ އަނިޔާގެ ކޮންމެވެސް ވަރެއްގެ މައްސަލައެއް އުޅޭތީ ރިސްކު ނުނެގީ ކަމަށެވެ.

ބްރެންޓްފޯޑުން ރަނގަޅު ހިތްވަރެއް ދެއްކި މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ގޯލުގެ މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ ހާލަންޑް އެވެ. މިއީ ހޫލިއަން އަލްވަރޭޒް ދިން ބޯޅަ އަކުން ހާލަންޑް ޖެހި ގޯލެކެވެ. އަނިޔާ އަށް ފަހު އަލުން ފޯމަކަށް އެޅެން މަސައްކަތް ކުރަމުން އަންނަ ހާލަންޑް މި ޖެހީ މި ފަހަރު ލީގުގައި އޭނާގެ 17 ވަނަ ގޯލެވެ. ސީޒަނަށް ބަލާނަމަ ހުރިހާ މުބާރާތެއްގައި ކުޅުނު މެޗުތަކުން ހާލަންޑު 22 ގޯލު ޖަހާފައިވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!