ޚަބަރު
އެމެޒޯން އެލެކްސާއަށް އަމީތާބު ބަޗަންގެ އަޑު ތައާރަފްކޮށްފި

އެމޭޒޯންގެ ވާޗުއަލް އެސިސްޓެންޓް އެލެކްސާއަށް ބޮލީވުޑްގެ މަޝްހުރު ސުޕަރ ސްޓާރ އަމީތާބު ބައްޗަންގެ އަޑު ތަޢާރަފް ކޮށްފިއެވެ.

އެލެކްސާ ބޭނުންކުރާފަރާތްތަކަށް ބޭނުން ނަމަ، ޖަވާބު އަމީތާބްގެ އަޑުން އަންނަ ގޮތަށް ހަދަން ބޭނުން ނަމަ، އިޚްތިޔާރު ކޮށްލެވޭ ފީޗަރ ވަނީ މިހާރު ވާޗުއަލް އެސިސްޓެންޓްގެ ސޮފްޓްވެއަރގައި ހިމަނާފައެވެ.

އެކުންފުނިން މީގެ ކުރިން އެމެރިކާގައި އެލެކްސާ ބޭނުން ކުރާ މީހުންނަށް އެކްޓަރު ސެމުއެލް އެލް ޖެކްސަންގެ އަޑު ތައާރަފް ކޮށްފައިވެއެވެ. އަދި މިހާރު އަމީތާބް ބައްޗަންގެ އަޑު އިންޑިއާގެ ކަސްޓަމަރުންނަށް އިޚްތިޔާރު ކުރެވޭނެ ގޮތް އެމޭޒޯން ކުންފުނިން ވަނީ ހަދާފައެވެ.

އެމެޒޯންއިން ބުނި ގޮތުގައި އެ ކުންފުނީގެ އެކޯ ޑިވައިސްތަކާއި އެމެޒޯން ޝޮޕިން އެޕުން އަމީތާބުގެ އަޑު އަހާލުމަށް އެއް އަހަރަށް ދައްކަން ޖެހޭނީ 149 ރުޕީސް (ދެ ޑޮލަރު)އެވެ. އަދި ދެވަނަ އަހަރު އެ އަގު ހަތަރު ޑޮލަރަށް އިތުރު ކުރާނެއެވެ.

އެމެޒޯންގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ އެލެކްސާ ގާތުގައި “އިންޓްރޮޑިއުސް މީ ޓު އަމީތާބު ބައްޗަން”އޭ ބުނުމުން އެ އަޑު ގަނެވޭނެއެވެ. އަދި “އަމިތު ޖީ”އޭ ކިޔާފަ ގޮވާލުމުން އެކްޓިވޭޓް ކުރެވޭނެއެވެ.

އަމީތާބުގެ އަޑު އެލެކްސާއަށް އިތުރު ކުރުމުން އޭނާގެ ހަޔާތާ ބެހޭ ވާހަކަތަކާއި، ޅެމާއި، ދޫފުރޮޅި އޭނާގެ އަޑުން ހިންދީ އަދި އިނގިރޭސި ބަހުން އިވިގެން ދާނެ ފީޗާތައް އެކުލަވާފައިވެއެވެ. އެމެޒޯންއިން އުންމީދަކީ، އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ ބޮލީވުޑްގެ ސްޕަސްޓަރ އަމީތާބް ބައްޗަންގެ އެހީއާ އެކު އެގައުމުގައި އެލެކްސާ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެގެން ދިޔުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!