ކުޅިވަރު
ޕޯޓޯ އިން އާސެނަލް އަތްދަށުލައިފި، ބާސެލޯނާއާ ނަޕޯލީގެ ކުރިމަތިލުން އެއްވަރު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި އެފްސީ ޕޯޓޯ އަތުން އާސެނަލް ބަލިވިއިރު ނަޕޯލީއާ ކުޅެ ބާސެލޯނާ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

މުބާރާތުގެ ގަދަ ސޯޅައިގައި ރޭ ޕޯޗުގަލްގައި ކުޅެ އާސެނަލް ޕޯޓޯ އަތްދަށުވީ 1-0 އިންނެވެ. މި މެޗާ ކުރިމަތިލިއިރު އާސެނަލް އޮތީ ރަނގަޅު ފޯމެއްގައެވެ. މި އަހަރު ފެށުނު ފަހުން ލީގުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް އިތުބާރާއެކީ ރޭގެ މެޗާ ކުރިމަތިލި ނަމަވެސް ޕޯޓޯ އިން ވަނީ ދެ ހާފުގައިވެސް އާސެނަލް ހިފަހައްޓައިފައެވެ. މެޗުގައި ޕޯޓޯގެ ގޯލާ އަމާޒުކޮށް އާސެނަލް އަށް ބޯޅައެއް ފޮނުވާލެވިފައިނުވެ އެވެ.

ފުރަތަމަ ހާފުގައި ގޯލެއް ޖެހުމާ ކައިރިއަށްދިޔައީ ވެސް ޕޯޓޯ އިންނެވެ. ޕޯޓޯ އަށް ކުޅެމުން އަންނަ ބްރެޒިލްގެ 26 އަހަރުގެ ފޯވަޑް ގަލޭނޯ އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާތައް ގޯލަކަށް ބަދަލެއްނުވި އެވެ. މި ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް ގަލޭނޯ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އާސެނަލްގެ ސަޕޯޓަރުން މާޔޫސްކޮށްލައިފައެވެ. އާސެނަލްގެ ގެބްރިއެލް މާޓިނެލީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕޯޓޯ އިން އުފެއްދި ހަމަލާއެއްގައި ގަލޭނޯ އާސެނަލްގެ ގޯލު ފޫއަޅުވާލީ 25 ޔާޑު ދުރުން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެންނެވެ.

ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މި ދެ ޓީމް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ މާޗް މަހުގެ 13 ވަނަ ދުވަހު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ދެން ކުޅުނު މެޗުގައި ސްޕެއިންގެ ބާސެލޯނާއާ އިޓަލީގެ ނަޕޯލީ ވާދަކުރި މެޗު އެއްވަރު ވެގެން ނިމުނީ 1-1 އިންނެވެ.

ރަށުން ބޭރުގައި ކުޅެ ޕޮއިންޓަކުން ބާސާ ފުއްދާލަން ޖެހުނުއިރު މެޗުގައި ފުރަތަމަ ގޯލް ޖެހީ އެ ޓީމުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލް ޖެހީ އިތުބާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ނަޕޯލީން ނަތީޖާ އެއްވަރު ކުރީ 75 ވަނަ މިނެޓުގައި ވިކްޓާ އޮސިމްހެން ޖެހި ގޯލުންނެވެ.

ބާސާގެ ދަނޑުގައި މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގު މެޗު އޮންނާނީ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!