ޚަބަރު
ބަދަލު ހިފުމުގެ ރޫހު ތާލިބާނުން ގެންގުޅޭކަމުގެ ބިރަށް ގިނައަދަދެއްގެ މީހުން އަފްގާނިސްތާނުން ބާލައިފި

ޠާލިބާނުންގެ ބާރުގެ ދަށަށް މިހާރު އަފްޢާނިސްތާނު ގޮސްފައިވާއިރު، ބަދަލު ހިފުމުގެ ރޫހު ގެންގުޅެދާނެ ކަމުގެ ބިރަށް އެމެރިކާއިން 3،000އަށް ވުރެ ގިނަ މީހުން އަފްޢާނިސްތާނުގެ ވެރިރަށް ކާބުލްއިން ބާލައިފިއެވެ.

އެމެރިކާއިން ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓަކުން ދައްކާގޮތުން، ތާލިބާނުން ދަނީ އެމެރިކާއާއި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނާޓޯ) ގައި މަސައްކަތް ކުރި މީހުން ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށް ދޮރުން ދޮރަށް ހިނގަމުންނެވެ. އެރިޕޯޓުގައި ބުނެފައިވާގޮތުން ޠާލިބާނުންގެ މިއަމަލަކީ ބަދަލު ހިފުމުގެ ރޫޙެއްގައި ކުރިއަށްގެންދާ އަމަލެކެވެ. އަދި މިފަދަ ބަދަލު ހިފުމުގެ ރޫޙެއްގެ ސަބަބުން ފުރާނައަށް ނުރައްކާވެފައިވާ ކަމަށާއިި، އަފްގާނިސްތާނުން މީހުން ބާލަނީ އެހެންވެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ރިޕޯޓަރުން ހާމަކޮށްފައިވާ ގޮތުގައި ތާލިބާނުން ވަނީ އެއާޕޯޓަށް ދިޔުމުގެ މަގުތަށް ވެސް ބަންދު ކޮށްފައެވެ. ޠާލިބާނުންގެ މިޢަމަލަކީ މީހުން އަނބުރާ ގެންދިޔުމަށް އެމެރިކާއިން ފޮނުވާފައިވާ ފްލައިޓުތަކާ ހަމައަށް ދިޔުމަށް ދަތިކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތް ޖަމްއިއްޔާއެއް ކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލުން ވެސް ވަނީ މިކަމާ ގުޅޭގޮތުން ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ތާލިބާނުން ވަނީ ޣަޒްނީގައި 9 ފިރިހެނަކު މަރާފައި ކަމަށާއި އެއީ ޙައްޤަށް ވަކާލާތު ކުރާ ޖަމާއަތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!