ޚަބަރު
ފަސް ދުވަސް ތެރޭގައި 50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި 50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި އެވެ.

މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެގެ ނިޔަލަށް 56 ބާ އުޅަނދު ނައްތާލާފައިވާ ކަމަށެވެ.

މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ފެށި ޕްރޮގްރާމެކެވެ.

މި މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން، ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކަށް އުކާލާފައިވާ، ބާވެ، ގިނަ ދުވަހު ނުދުއްވާ ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވެ އެވެ.

މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަމިއްލައަށް އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ މަހު ތިނެއްގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މާލޭގެ މަގުތަކުގައި، ހާއްސަކޮށް ބޮޑުތަކުރުފާނުމަގުގެ ދެފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުން ވަރަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އެ މަގުގެ ދެ ފަރާތުގައި ކާރާއި ވޭނުތައް ޕާކްކޮށްފައި ހުރުމުން، ހަތަރު ލޭނުގެ އެ މަގުން މިހާރު ދުއްވަން ބޭނުންކުރެވެނީ އެންމެ ދެ ލޭނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!