ރިޕޯޓް
ގެދޮރުވެރިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގައި ދަތިތަކާއެކު ދިރިއުޅޭ އެންމެނަށް، ވެދުން ސަލާމް!

2014 ވަނަ އަހަރު “ގެދޮރުވެރިކުރުން” ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފްލެޓްތަކަކީ މީހުން ދިރިއުޅެން އެންމެ އެކަށީގެންވާ ތަނެއްބާ! “މިއަށްވުރެ ރަނގަޅުވާނެ ކޮށްޓެއްގައި ދިރިއުޅުނަސް.” މިއީ އެފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޝަކުވާއެކެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން 2014 ވަނަ އަހަރު ކުރިޔަށްގެންދިޔަ މަޝްރޫއުގެ މަސައްކަތް 2016 ވަނަ އަހަރު ވަނީ ނިންމާލާފައެވެ.

ބޯހިޔާވަހިކަމަށް އެދި ފެންބޮވައިގެންފައިތިބި އެތައްބަޔަކަށް އަމިއްލަ ރަށުން ފްލެޓެއް ލިބިގެންދިޔުމަކީ އެމީހުންނަށް ލިބިގެންދިޔަ ރަނެއް މަލެއް ފަދަ ނަސީބެކެވެ. އެގޮތުން ކޮންމެ މަހަކު ކުލިދައްކައިގެން ކިތަންމެ ދުވަހަކު އުޅެންޖެހުނަސް އަމިއްލަވަންތަކަމުގެ އިހުސާސާއެކު ދިރިއުޅުމަކީ ލިބުނު ނިއުމަތަކަށް ނުވެ ނުދާނެކަން ކަށަވަރެވެ.

ފްލެޓްތަކަށް ރައްޔިތުން ކުރި އިންތިޒާރު ނިމުމަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އަޅާފައިވާ ފްލެޓްތައް އޭގެ ހައްޤުވެރިންނަށް ދޫކޮށްފައިވާއިރު އެފްލެޓްތަކުގެ ހާލަތު ދަންނާނެ ބަޔަކުވެސް އުޅެން ޖެހެއެވެ.

ފްލެޓްތައް ހައްޤުވެރިންނަށް ދޫކުރެވުނުކަމުގައިވިޔަސް ގިނަ ފަހަރު އެފްލެޓްތަކުގައި ޖެހޭ މައްސަލަތަކުގެ އަޑުއަހާ އެމައްސަލަތައް ހައްލުކުރާނެ ބަޔަކު ނުތިބޭކަމީ ހިތާމަވެރި ކަމެކެވެ. ރައްޔިތުންނަށް ސަރުކާރުން ބޯހިޔާވަހިކަން ދީފައިވާއިރު އެރައްޔިތުން އެތަންތަނުގައި އުޅޭ ހާލުވެސް ބަލާލަން ޖެހޭނެ ނޫންތޯއެވެ. ފްލެޓްތަކުގެ ރެންޓުގެ އިތުރުން މެއިންޓެނެންސް ފީ ނަގާއިރު ފްލެޓްތަކުގެ މެއިންޓެނެންސް ފުރިހަމައަށް ކުރެވޭބާ!

އެޗްޑީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު ފްލެޓްތަކުގެ އެގްރީމެންޓް އެކުލަވާފައިވާ ގޮތުންނަމަ ފްލެޓްގެ މެއިންޓެނެންސް ކުރަން އޮތީ ކުލީގެ އިތުރުން 550 ރުފިޔާ މެއިންޓެނެންސް ފީއެއްގެ ގޮތުގައި ދައްކައިގެންނެވެ.

އެގޮތުން ބަލާލާއިރު 2019 ވަނަ އަހަރު ގދ.ތިނަދޫއިން ދޫކޮށްފައިވާ ފްލެތްތަކުގައި ދިރިއުޅޭމީހުންނަށް ކުރިމަތިވެފައިވާ ދަތި އުދަގޫތައް ހިއްސާކޮށްލަމުން ފްލެޓްގައި ދިރިއުޅޭ ގިނަ މީހުންގެ ޝަކުވާއަކީ ފްލެޓްތަކުގެ ކޯރިޑޯ ލައިޓްތައް ހަލާކުވުމުން އެތައް ދުވަހަކު ކަނުއަދިރީގައި ސިޑިން އަރާ ފައިބާން ޖެހޭތީ އެކަމުގެ ޝަކުވާއެވެ. ނުކުޅެދޭ މީހުންނާއި މުސްކުޅިން ދިރިއުޅޭ އެފްލެޓްތަކުގެ ކޯރިޑޯގެ ބޮކި ނެތުމުން އެމީހުންނަށް ލިބޭ އަނިޔާ ފެންނަ ކިތައް ލޯ އެބަހުރިހެއްޔެވެ. އެޝަކުވާ އަޑުއަހާ އެކަންތައް ރަގަނޅުކުރަން މަސައްކަތްކުރާ ބަޔަކު އެބަތިބި ހެއްޔެވެ؟

ކޯރިޑޯތައް ކުނިކަހާ ސާފްކުރުމުގައިވެސް ވަނީ އިހުމާލުވެފައެވެ. އެހެންނަމަވެސް އެމަސައްކަތަށްވެސް ސަރުކާރުންވަނީ އުޖޫރަ ކަނޑައަޅާ މުވައްޒަފުން ހަމަޖައްސާފައެވެ. އެހެންކަމުން މިކަންތައް މިހެން ވާންޖެހޭ ސަބަބެއް ނެތެވެ. ފްލެޓްތަކުގައި ބަހައްޓާފައި ހުންނަ ފެންވަޅުތަކުގައި މަދިރި ފަނި އުފެދި ވަޅުފެން ބޭނުން ނުކުރެވޭ ވަރަށް  ހަނޑިވެގެންދާއިރު އެކަންތައްތަކާ އުޅޭނެ މީހަކު ނުހުރެއެވެ.

މިފްލެޓްތަކުގެ ފާޚާނާގެ ނަރުދަމާ ނިޒާމާއި ފެންހިންދާ ނިޒާމު އެއްކޮށް ގުޅާފައި އިނުމުގެ ސަބަބުން ފްލެޓްތަކުގެ ފާޚާނާ ފްލެޝްކޮށްލުމުން ފެންހިންދާ ވަޅުގަނޑުން ފެންލީކުގެވެން މުޅިތަން ތަޣައްޔަރުވެއެވެ. އޭގެ ސަބަބުން ގްރައުންޑްފްލޯގައި ތިބޭ މީހުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން މިކޮމިއުނިޓީގައި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑެވެ.

ތިނަދޫ ކައުންސިލުގައި ފްލެޓް ކޮމިއުނިޓީއެއް ޤާއިމްކުރެވިފައި އޮންނައިރު ފްލެޓްތަކުގައި ހުންނަ ދަތިތައް ހައްލުނުކުރެވެންވީ ސަބަބެއްނެތެވެ. މެއިންޓެނެންސް ފީ ރައްޔިތުންގެ އަތުން ނަގާކަމުގައިވާނަމަ ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދުމަތްތައްވެސް ފޯރުކޮށްދޭންޖެހެއެވެ.

މެއިންޓެނެންސްފީ ކޮންމެ މަހަކު ދައްކާއިރު ފްލެޓްތަކުގެ މެއިންޓެނެންސް މަސައްކަތް ނުކުރެވޭކަން ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް ގިނަ ދަތިތައް ހުރިކަމަށް ވަނީ ފާހަގަކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. އިންސާފު

    އަހަނަސް މީ ތެނަދޫ މީ ހިއްނެ އެކަމަކު ނުލެބެއި އަހަނައް ހުކު ބީރެޓެހިންނައް ދިއްނޫ މިކަލަސް ސަރުތެފުރިހަމަނުވެއި 4 ކޫދުބަތައި ވައްނޭތަނެކެ ނެތި