ޚަބަރު
ފިޔޯރީގެ ކުނި މެނޭޖް ކުރުމުގެ އެންމެފަހުގެ މަސައްކަތް ދަނީ ކުރެވެމުން: ރައީސް ފައިޒަރު

ސަރުކާރުން ގދ ފިޔޯރީ ކައުންސިލާއި ހަވާލު ކުރި ޕިކަޕާއި އެކު ރަށުގެ ކުނި މެނޭޖް ކުރުމުގެ އެންމެފަހުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމުގައި ގދ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ފައިޒަރު ހުވަދޫއަށް ވިދާޅުވީ ފިޔޯރީގަ ކުނި މެނޭޖް ކުރަން ފެށުމުގެ ގޮތުން ކުރެވެމުންދާ އެންމެ ފަހުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން ކަމަށާއި އެގޮތުން މިހާރު ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ކައުންސިލުން ޚަރަދު ކޮށްގެން 2 ރަށު ޕިކަޕް ވަނީ ރަށް ގެނެވިފައި ކަމަށެވެ.

އަދި ސަރުކާރުން ދެއްވާ 2 ޓަން ގެ ޕަވަގޭޑް ޕިކަޕް މިއަދު ވަނީ ކައުންސިލާ ހަވާލުކޮށްފައި ކަމަށާއި، ވީއެންމެ އަވަހަކަށް ޕިކަޕް ރަށަށް ގެނެސް ހިދުމަތް ދިނުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

މީގެ އިތުރަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކައުންސިލްގެ ނިންމުމާ އެއްގޮތަށް އައުޓްސޯސް ކޮށް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ދެވަނަ ފަހަރަށް މިހާރުވަނީ އިއުލާން ކުރެވިފައި ކަމަށާއި ޝައުގުވެރިވާ ރަގަޅު ފަރާތެއް މިފަހަރު ނުލިބިއްޖެނަމަ ކައުންސިލުން މުއައްޒަފުން ހޯދާއިގެން ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފަށާނެކަމަށް ފައިޒަރު ވިދާޅުވިއެވެ.

2017 ވަނަ އަހަރު ވޭސްޓް މެނޭޖް މެންޓް ސެންޓަރާ އެކު އިކިއުޕްމެންޓް ދެއްވާފަ ހުރި ނަމަވެސް އެއްވެސް ގޮތަކަށް އެތަން ބޭނުން ނުކޮށް ހުރުމުގެ ސަބަބުން އިކިއުޕްމެންޓްތަކަށް ހުރީ ބޮޑެތި މައްސަލަ ދިމާވެފައި ކަމުން އެމައްސަލަތައް ހައްލުކުރުމަށް, މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފިޔޯރީ ކުނިމެނޭޖް ކުރުމުގެ މަސައްކަތަކީ އޭނާގެ ކެމްޕެއިން ވަޢުދެއް، ކަމަށާއި އެކަން އިރާދަކުރެއްވިއްޔާ އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!